ޙަރަކާތްތެރިވުމުގެތެރެއިން އުނގެނުން
(އެކްޓިވިޓީ ބޭސްޑް ލާނިން)
އާދަމް ޒާހިރު (2018)
ޙަރަކާތްތެރިވުމުގެތެރެއިން އުނގެނުމޭ ބުނެވެނީ އުނގެނުމަށް، ނުވަތަ ދަސްކޮށްދިނުމަށް
ވެށީގައި، ނުވަތަ ކުލާހެއްގައި ގެންދާ ޙަރަކާތަށެވެ. މިއީ ޙަޤީޤީ އުނގެނުމުގެ
މައިދާނެވެ. ދަރިވަރުން އެއްޗެއް ދަސްކުރުމުގައި އަމިއްލަ ދެނެގަތުމާއެކު
ލިބިގަތުމަށް ދެވޭ ފުރުސަތެކެވެ.
ދުނިޔޭގެ ގިނަ ޤައުމުތަކުގައި މި އުކުޅު ބޭނުންކުރެއެވެ. ޚާއްސަކޮށް އުމުރުން
ދަށު ދަރިވަރުންގެ ކުލާސްތަކުގައި މި އުކުޅަކީ އެންމެ ހިނގާ، އެންމެ މަޤުބޫލު،
އެންމެ ކާމިޔާބު އުނގެނުމާއި އުނގަންނައިދިނުމުގެ ގޮތެވެ. މި ލިޔުމުގައި މި އުކުޅު
މި ކިޔައިދެނީ ކުރުކުރުކޮށް ސާދާކޮށެވެ. މި ލިޔުންތަކަށް މަޢުލޫމާތު ނަގައިފައިވާނީ
އަނީރުއްދާ ބިސްވާސް އާޢި ސުމިތް ދަސް އާއި ސްޗަންދަން ގަންގުލީ 2018 ވަނަ އަހަރު
އާންމުކޮށްފައިވާ ދިރާސާ "އެކްޓިވިޓީ ބޭސްޑް ލާނިން ފޮ އެންގޭޖިން އިންޖިނީއަރިން
ސްޓޫޑެންޓް އާއި ސަރުވާ ޝިކްޝާ އަބިޔަން 2008 ގައި ޢާންމުކޮށްފައިވާ
"އެކްޓިވިޓީ ބޭސްޑް ލާނިން އިފެކްޓިވްނެސް" އާއި ޖޭ.ޖާޔާ ޕަރްވީން އާއި
އެމް.ޕިލް 2017ގައި އާންމުކޮށްފައި އޮތް "އެކްޓިވިޓީ ބޭސްޑް ލާނިން އިން ޗެންނާއީ"
އިން ނެގި މަޢުލޫމާތުގެ އަލީގައެވެ.
ޙަރަކާތްތެރިވުމުގެ ތެރެއިން އުނގެނުން (އެކްޓިވިޓީ ބޭސްޑް ލާނިން)
ޙަރަކާތްތެރިވުމުގެ
ތެރެއިން އުނގެނުން ނުވަތަ އެކްޓިވިޓީ ބޭސްޑް ލާރނިންގެ މާނައަކީ:
- އުނގެނުމުގެ މައިގަނޑު
މަސައްކަތުގައި ބައިވެރިވުމާއި ޙަރަކާތްތެރިވުން.
- ކަނޑައެޅޭ ވަކި އުނގެނުމެއް
ދެނެގަތުމުގައި ޙަރަކާތްތެރިވެ ބައިވެރިވުމަށް ފުރުސަތު ލިބުން.
- ގުރޫޕުގައި ނުވަތަ
ކަނޑައެޅޭ ވަކި ފަރުދަކު ކަމެއް ކޮށް ނިންމުން ނުވަތަ ނިނުމުމަށް
މަސައްކަތްކުރުން.
- ތަރުބިއްޔަތު ލިބިދޭ ކަމެއްގައި
ނުސީދާގޮތުން ނުވަތަ ސީދާގޮތުން ބައިވެރިވުން.
- ކިޔަވައިދިނުމާއި ތަރުބިއްޔަތުދިނުމުގައި
ދަރިވަރުން އުނގެނުމަށް ބާރުލިބޭ އެއްޗެއް ދަސްވާ ކަމެއް ކުރުން ނުވަތަ މިފަދަ ހަރަކާތެއް
ބޭނުންކުރުން.
- ކުރުމާއި
ބައިވެރިވުމުގެތެރެއިން ދަސްކުރުމާއި ދެނެގަތުން.
- ދަރިވަރަށް ނުސީދާގޮތުންނާއި
ސީދާގޮތުން އެއްޗެއް، ކަމެއް އަންގައިދިނުމަށް ނުވަތަ ދަސްކޮށްދިނުމަށް ޙަރަކާތެއް
ބޭނުންކުރުން
- އެކަމެއްގެތެރެއިން
އެނގި ދަސްވުން ހިމެނޭ ކޮންމެ ޙަރަކާތެއް
ހަރަކާތްތެރިވުން،
އެއްބާރުލުން ދިނުން، ދެއްކުން، ކުޅުން، ކުޅިވަރެއްގައި ޝާމިލްވުން، ލިޔުން،
ވިސްނުން، ކިޔުން، ސަބަބެއް ދެއްކުން، ހޯދުން، ސުވާލުކުރުން، ޖަވާބުދިނުން،
ކުރަންޖެހޭކަމެއްގައި ހައިސިއްޔަތެއް ދެއްކުން، މިފަދަ މިފަދަ ކަންކަންކުރުން.
ތާރީޚީ
ނަޒަރަކުން ޙަރަކާތްތެރިވުމުގެ ތެރެއިން އުނގެނުން (އެކްޓިވިޓީ ބޭސްޑް ލާނިން).
- މިއީ ދެވަނަ ބޮޑުހަނގުރާމައިގެ
ދުވަސްވަރު އުފަންވި ހުނަރެއް
- ޖޭ.ޖާޔާ ބާރވީން،
އެމް.ޕިލިޕް (2017) ހާމަކުރާގޮތުގައި ޙަރަކާތެރިވުމުގެ ތެރެއިން އުނގެނުން (އެކްޓިވިޓީ
ބޭސްޑް ލާނިން)ގެ އުކުޅުތަކާއި އެ ނިޒާމަކީ އިނގިރޭސީ ޝަޚްސެއްކަމުގައިވާ ޑޭވިޑް
ހޯސްބާޣް، މީލާދީން 1944 ގެތެރޭގައި އުފަންކުޅަ އުނގަންނައިދިނުމުގެ އުސޫލެއް.
- މިސްޓަރ ޑޭވިޑް
ހޯސްބާޣް ވަނީ މި އުސޫލުން ކިޔަވައިދޭ ސްކޫލެއް، "ނީލް ބާޣް" މިނަމުގައި،
ކޮލަރ ގައި 1944ގެތެރޭގައި ހުޅުވައިފައި.
- މި ސްކޫލުގެ މައި މުޤައްރުގައި،
(ކަރިކިއުލަމްގައި) މިޔުޒިކާއި ކުނިކެހުމާއި ތަންތަން ސާފުކޮށް ދޮވެހެދުމާއި ހިމަނައި،
ކިޔަވައިދިނުމުގައި ބޭނުންކޮށްފައިވަނީ ތަޅުން (ކާޕެޓް).
ޙަރަކާތްތެރިވުމުގެ
ތެރެއިން އުނގެނުމުގެ ތެރެއިން ތަފާތު ބާވަތްތައް:
- ޑްރާމިއްޔާތު:
މި
ޙަރަކާތުގައި އޮންނާނީ މަޝްހޫރު ޙާދިސާތަކާއި ވާހަކަތައް ކުޅެ ދެއްކުން. އަދި މި
ތަކެތީގައި ހިމެނޭ މުހިންމު ޙާދިސާތަކާއި ސީންތަކާއި ބައިތައް ހުށަހެޅުން.
- އަހައި ސާފުކުރުން:
ދަރިވަރުން
ޖަވާބުދާރީވާންޖެހޭގޮތަށް، މީހުންކުރެ އަހައި އޮޅުންފިލުވަން ޖެހޭގޮތަށް، އުފައްދާ
ސުވާލުތައް ހިމެނިގެން ގެންދާ ޙަރަކާތް. މީގައި ބައިވެރިން ސުވާލުކުރުން، ނުވަތަ ހޯދަން
ކަންކަންޖައްސާނެ. ޙަޔާތުގައި ދިމާވާ ކަންތައްތަކާގުޅޭގޮތުން، އަދި މުހިންމު
ދާއިރާތަކުން ސުވާލު އުފައްދަންޖެހޭގޮތަށް ރާވާ ޙަރަކާތް.
- ގުރޫޕް މަޝްވާރާ:
ކުދި
ގުރޫޕުގައި އަދި އެ ކަމަކާގުޅޭ ޢަދަދެއް ހިމެނޭ ބޮޑުގުރޫޕުގައި މަޝްވާރާ ކުރުމަށް
ސުރުޚީ، ނުވަތަ ޙާލަތްތަކެއް ދީ ޚިޔާލު ފާޅުކުރުވުން. މަޝްވާރާކުރާ ކަމަކީ
ވާހަކަދެއްކުމަށްފަހު ގޮތެއް ނިންމައި ނަތީޖާއެއް ނެރެވޭ ކަމެއްކަމުގައިވާންވާނެ.
- ތަޢުލީމީ ކުޅިވަރު:
މިއީ
ހުނަރެއް، މަޢުލޫމާތެއް ދަސްވުމަށް ބާރުއަޅާ ކުޅިވަރު، ދަރިވަރުންގެ މެދުގައި
ވާދަވެރިގޮތެއްގައި ނުވަތަ އުފަލާއި ހިތްހަމަޖެހުން ލިބެވޭ ގޮތެއްގައި ކުޅުމަށް ރާވަތި
ތައްޔާރުކުރެވިފައި ހުންނަ ކުޅިވަރުތައް. މިފަދަ ކުޅިވަރު، މުދައްރިސް ކިޔަވައިދޭ
މާއްދާއަކާ ގުޅޭނޭހެން ކުޅުވުމަށް ރޭވޭ ޙަރަކާތްވާނީ ތަޢުލީމީ ކުޅިވަރުކަމުގައި.
- ސިކުނޑި ކޮޅައިލުން (ބްރެއިންސްޓޯމިން):
ކުދިންގެ
މެދުގައި ހުށަހެޅޭ ކަމެއްގައި، ޙާލަތެއްގައި ގުރޫޕުގެ މެދުގައި މަދު މިނިޓްކޮޅެއް
ހޭދަކޮށްގެން ގިނަ ޚިޔާލުތަކެއް އުފެއްދުން. ނުވަތަ މިފަދަ ޚިޔާލުތަކެއް
ފާޅުކުރުން، މިގޮތަށް ރާވާ ޙަރަކާތެއްގައި ތީމެއް ދީ، އޭގެ ދަށުން އެތައް
ނުކުތާއެއް ނަގައި ކިޔައިދޭހެންވެސް ކުޅުވިދާނެ. ބަހުސްކުރެވޭ ކޮންމެވެސް
ކަމަކާމެދު އެ ދަރިވަރެއްގެ ފަޅިން ބޭނުން ޚިޔާލުތަކެއް މި ޙަރަކާތުގައި
ހުށަހެޅިދާނެއެވެ.
- މައްސަލަ ހައްލު
(ޕްރޮބްލަމް ސޯލްވިންގ):
ގޮތް
ނިންމަންޖެހިފައިވާ ކަމެއް ގުރޫޕަށް ހުށަހަޅައި އަވަސް ހައްލެއް ކަނޑައެޅުން. މި
ފަދަ ޙަރަކާތެއްގައިނަމަ އެ ކަމެއް ނިންމި ސަބަބާއި ނިންމިގޮތުން ލިބޭނޭ ފައިދާ
ބުނެދީ ވާހަކަދައްކަންވާނެ. މިފަދަ ޙަރަކާތުގައި ހުށަހަޅާ ނިންމުން ނިންމުމުގައި ހަމަޖެހޭ
ސަބަބުތައް ދައްކަން ފުރުސަތު ލިބޭފަދަ ބިނާކުރަނިވި ފިކުރަށް ތަންދޭންވާނެ.
- ބަހުސްކުރުން:
ބަލައިގަނެވޭ
ޙުކުމެއް ނިންމުމަށް ބާރުލިބޭ ޙަރަކާތެއްކަމުގައިވާންވާނެ. މިއީ މަޝްވާރާއާއި
ސަބަބުގެ މައްޗަށް ނިންމާ ނިންމުންތައް ހިމެނޭ، އަދި ދެކޮޅަށް ވާހަކަދެކެވޭ
ފުރުސަތު އޮތް ބަހުސަކަށްވާންވާނެ.
މިފަދަ
ޙަރަކާތުގައި ކަނޑައެޅޭ މައްސަލައިގައި ދެ ގުރޫޕެއްގެ ދެމެދުގައި ވާހަކަދައްކާނީ
އެބައެއްގެ ކޮޅަށް ބާރުލިބި ނިމޭނޭފަދަ ހެކިތަކާއި ސަބަބުތައް ދެއްކުމަށް. އަދި
އިދިކޮޅު ގުރޫޕުގެ ބައިވެރިން ދައްކާ ވާހަކަތަކުގައި ޤަބޫލު ނުކުރެވޭ ކަންކަން
ހުރިނަމަ އެވާހަކަދައްކައި އެ ނުކުތާގެ ބަލިކަށިކަން ހާމަކޮށްދޭންވާނެ.
- ދުނިޔެ ދެނެގަތުން:
ދުނިޔޭގެ
އާދަކާދައިގައި ކަންކަން ހިނގާގޮތް ދެނެގަނެ އެ ކަންކަމާބެހޭގޮތުން ވާހަކަދައްކައި
ތިމާވެށީގައި ހުރި ފުރިހަމަކަމާއި، މި ވެއްޓަށް ލިބެމުންދާ ގެއްލުންތަކާއި، ދިމާވަމުންދާ
މައްސަލަތައް ހޯދައި ޖަމާކުރުމުގެ ޙަރަކާތް. މި ކަންކަންކުރުމުގައި އެ ދަރިވަރުން
އަމިއްލައަށް ކޮށްގެން ހޯދަން ފުރުސަތު ލިބެންވާނެ.
- މަސައްކަތެއްކުރުން:
ތަޢުލީމީ
ފައިދާއެއް ކުރުވާނޭ ކަމެއް، ވަކި ތަރުތީބަކުން ކޮށް ނިންމަން ޙަވާލުކުރާ، ޙަވާލުވާ
މަސައްކަތް. މިފަދަ މަސައްކަތްތަކުގައި އަމާޒެއް އޮންނަންވާނެ. ނިމޭއިރު ފުރިހަމަވާންޖެހޭ
ކަންތައްތަކެއް ލިސްޓުކުރެވިފައިވާންވާނެ.
- ކަމުގެ ވެއްޓަށް
ދިއުން:
ޙަޤީޤީ
ޙަޔާތަށް ދިއުން. ކަންކަމާއި މަސައްކަތުގެ ވެށީގައި ތަޖުރިބާކުރުން. އެ ތަނެއްގައި
ހޯދުމާއި ބައިވެރިވުމާއި ބެލުމާއި ޖަމާކުރުން ހިމެނޭނެ. މަސައްކަތުގެ ތެރެއިން
ހުނަރާއި ޢިލްމާއި މަޢުލޫމާތު ލިބެވޭހެން މި ޙަރަކާތް ރާވަންވާނެ.
- ތަހުލީލުކުރުން:
ލެބޯޓްރީފަދަ
ތަނެއްގައި، ނޫނީ އެ ތަހުލީލުކުރާ ކަމެއްގެ ވެއްޓެއްގައި ގޮތްބަލަން ކުރެވޭ ކަމެއް
ކުރުން. މި ޙަރަކާތެއްގައި ހޯދުން އޮންނާނެ. އަދި ދެކެގެން ލިބިގަތުން ހިމެނޭނެ.
- ފިކުރީ ކުރެހުން (ކޮންސެޕްޓް
މެޕިން):
ދަސްކުރުމަށް
ބާރުލިބޭފަދަ ކުރެހުން، ފިކުރީ ޗާޓެއް ތައްޔާރުކުރުން. މިއީ ޢިލްމީގޮތުން ބެލެވޭ ހައިރާކީއެއް
އޮންނަފަދަ ކުރެހުމަކުން މަޢުލޫމާތާއި ކަންކަން ދެއްކުމަށް ދަރިވަރުން އަމިއްލައަށް
ކުރެހުމެއް ތައްޔާރުކުރާން ދިނުން.
ޙަރަކާތްތެރިވުމުގެ ތެރެއިން އުނގެނުން ބޭނުންވަނީ
ކީއްވެ؟
މި ނިޒާމުގެ ތެރެއިން، މި އުކުޅުގެ އިމުގައި ދަރިވަރުން ކިޔަވާނީ:
-
އެ ދަރިވަރުންގެ ޙަޤީޤީ
ވެށި ދެނެ، ކޮށް، ތަޖުރިބާކޮށްގެން.
-
ބައިވެރިވުން ލިބި
އެކަމުގައި ޝާމިލްވެ އުނގެނިގެން.
-
އަމިއްލައަށް ވިސްނައި
ހޯދައި ދަސްކޮށްގެން.
-
ދޭހަވެ ވިސްނިގެން.
-
ބަލައި އަތްލައި ދެކެ
ސުވާލުކޮށް ސާފުކޮށްގެން.
-
އެހެންމީހުންގެ ހޯދުންތަކަށް
އިތުރުކޮށް އާ ހޯދުންތައް ލިބިގެން.
-
ޤަބޫލުކޮށް އުފަލުންތިބެ.
-
ޔަޤީންކަމާއެކު އެއްޗެއް
ވިސްނިއްޖެކަމުގެ އުފާ ލިބިގެން.
ޙަރަކާތުގެ ތެރެއިން އުނގެނުން
ރާވާނީ ކިހިނެއް؟
މި އުސޫލުގެ ތެރެއިން (ޙަރަކާތުގެ
ތެރެއިން އުނގެނުން/ އެކްޓިވިޓީ ބޭސްޑް ލާނިން) ރާވާއިރު އެންމެ ބޮޑަށް ވިސްނަންޖެހޭނީ
އުނގެނުމަށް ކަނޑައަޅާ މަޢުލޫމާތާއި ހުނަރު ލިބިގަތުމަށް ދަރިވަރުންލައްވައި
ކަންތައްތަކެއް ކުރުވުމަށެވެ. އެ ދަރިވަރުންގެ އުމުރާއި، ފެންވަރާ ގުޅޭނޭފަދަ
މަސައްކަތެއް، ނުވަތަ މަތީގައި ބުނިފަދަ ބާވަތްތަކުން ކަމެއް ކުރުވުމަށެވެ. މި
ނޫނަސް އިންތިޒާމްކުރެވި އުސޫލެއްގެ ތެރެއިން ކޮށް ނިންމައިލެވޭ ކަމެއް
ކުރުވުމަށެވެ. އެ ދަސްކުރުމެއް، އުނގެނުމެއް ރާވާނަމަ:
-
ފެށުމާއި ނިމުމަށް
އަމާޒެއް ކަނޑައަޅާ!
-
ދަރިވަރުންގެ
އުނގެނުމުގެ ޤާބިލްކަމާއި ޝަޚުސް ދެނެގަނޭ!
-
މާއްދާގެ ހައިސިއްޔަތާއި
ވެއްޓާ ހުރި ގުޅުން ވިސްނައިލާ!
-
އަމާޒަށް ވާސިލުވާން
އޮތް ވަގުތާއި ޙާލަތް ވިސްނައިލާ!
-
ލިބެންހުރި އިންސާނީ
ވަސީލަތާއި އެހެން އެހީ ބަލައި ހޯދާ!
-
ދެން ފައްކާ ހަރަކާތެއް
ރާވައިލާ!
-
ޙަރަކާތް ކުލާހުގައި
ގެންދަން ތައްޔާރުވޭ!
-
ހަރަކާތާ ގުޅުންހުރި
މަޢުލޫމާތާއި އެހީއާމެދު ވިސްނައި ދެނެގަނޭ!
-
ޙަރަކާތް ގެންދޭ!
ޙަވާލާ ލިޔުންތައް:
ހަލިލް ކޮޝުން ސެލިކް (2017) ދަ އިފެކްޓްސް އޮފް
އެކްޓިވިޓީ ބޭސްޑް ލާނިން އޮން ސިކްސްތް ގްރޭޑް ސްޓޫޑެންޓްސް އެޗީވްމެންޓް އެންޑް
އެޓިޓިއުޑް، ސީއިޓް ޔުނިވަރސިޓީ، ތުރުކީ
އަނިރުޑްދާ ބިސްވަސް، ސުމިތް ދާސް، ސުޗަންދަން ގަންގަލީ
(2014) އެކްޓިވިޓީ ބޭސްޑް ލާނިން ފޯރ އިންގްލިޝް
ސަރްވާ ޝިކްޝާއަބިޔަން (…)އިފެކްޓިވްނެސް އޮފް އެކްޓިވިޓީ
ބޭސްޑް ލާނިން. ގަވަރުމެންޓް އޮފް ޓެމިލްނާޑޫ
ޝަފްޤަތު ޙުސައިން، މުޙައްމަދު އިޤްބާމް މަޖޯކާ، ސަޢީދު
އަންވަރު (2011) އެކްޓިވިޓީ ބޭސްޑް ލާނިން އޮން ސްޓޫޑެންޓް އެކެޑަމިކް އެޗީވްމެންޗް
އިން ފިސިކްސް އެޓް ސެކަންޑަރީ ލެވެލް، ހަޒާރާ ޔުނިވަރސިޓީ، ޕާކިސްތާން
ޖޭ.ޖަޔާ ޕަރްވީން އެމް.އޭ (2017) އެކްޓިވިޓީ ބޭސްޑް ލާނިން
އިން ޗެންނާއީ ކޯޕަރޭޝަން. ކޮލެޖު ފޮރ ވުމަން، ޗެންނާއި. ޓެމިލްނާޑޫ. އިންޑިއާ