ކުރޮޅި ވާހަކަ Kurolhi vaahaka

މި ސަފުޙާގައި ތުއްތުކުދިންނަށް އަމާޒުކޮށް ލިޔެފައިވާ ކުރުކުރު ރީތި ދިވެހި ވާހަކަތަކެކެވެ. މިއިން ބައެއް ވާހައަށް ވަނީ ޙަރަކާތީ ފިލްމުވެސް ތައްޔާރުކޮށްފައެވެ. ބޭނުންފުޅު ބޭފުޅުން ސްކޫލުތަކުގައި މި ވާހަކަތައް ބޭނުންކުރުމުގެ ހުއްދަ އޮންނާނެއެވެ. (އާދަމް ޒާހިރު) 

  1. އަމީރާ ބާޒާރުން ގަތީ މޭވާއާއި ކާރު (މިއީ ކުޑަކުދިންނަށް ކަމުދާ ޢިބުރަތްތެރި ކުރުކުރު ވާހަކައެއް): މިއަދަކީ އަމީރާގެ ބައްޕަ އަމީރާ ގޮވައިގެން ބާޒާރަށް ދާ ދުވަހެކެވެ. އެ ތަނަށްގޮސް ބައެއް ތެކެތި ގަނެލާހިތް އަމީރާގެ އޮވެއެވެ. އަދި އެތަނުގައި ކަންކަން ހުންނަގޮތް ބަލައިލާހިތް އަބަދުވެސް އޮވެއެވެ. އެހެންކަމުން މިއަދަކީ އަމީރާއަށް ވަރަށް އުފާވެރި ދުވަހެކެވެ. މަންމައާއި ބައްޕަގެ... (އިތުރަށް ކިޔަން ފިތައިލާ!) 
  2. ތައުފީޤު ބާކީއެއްނުވި: (މިއީ ކުޑަކުދިންނަށް ކަމުދާ ޢިބްރަތްތެރި ކުރުކުރު ވާހަކައެއް) ޙަލީމާއި ތައުފީޤަކީ އެކުއެކީގައި ކިޔަވަންއުޅުނު ދެ ކުދިންނެވެ. ސްކޫލުގެ ފަސްވަނަ ކުލާހުން ފެށިގެން އެކުގައި އެއް ކުލާހުގައި ކިޔަވައި ދެކުދިންވެސް ގުރޭޑް ދިހައެއް ނިންމިއެވެ. ނަމަވެސް ޙަލީމަށްވުރެ ތައުފީޤުގެ ނަތީޖާ ދަށެވެ. ފާސްވީވެސް އިސްލާމުންނާއި ހިސާބުން އެކަންޏެވެ. މިކަމާ ޙަލީމު ވަރަށް ދެރަވިއެވެ. (އިތުރަށް ކިޔަން ފިތައިލާ!)
  3. ޒަބީނާގެ އެނދުގައި ފައިދިގުމަކުނު: (ކުޑަކުދިންނަށް ކަމުދާ ޢިބްރަތްތެރި ވާހަކައެއް) ޒަބީނާއަކީ ކުޑައިރު މަންމަގެ ބަސް ޤަބޫލުކުރި ބަސް އަހައިގެން އުޅުނު ވަރަށް މާތް ކުއްޖެކެވެ. ޢުމުރުން 10 އަހަރު ވީއިރުވެސް ވަރަށް ކިޔަމަންތެރި މައިން ބަފައިންގެ ލޯބި ވަރަށް ފުރިހަމައަށް ހޯދައިގެން އުޅުނު ކިޔަމަންތެރި ދަރިއެކެވެ. ނަމަވެސް މިހާރަކަށް އައިސް ބައެއްކަހަލަ ކަންކަމުގައި މަންމައާއި ބައްޕަ ދެއްވާ ނަސޭހަތްތަކަށް ކޮށި ކަންފަތެއް ދިއްކުރާ ކުއްޖެކެވެ. (އިތުރަށް ކިޔުމަށް ފިތައިލާ!)
  4. މައުސޫދާގެ ގޭގައި އެންމެނަށް ސައި (ކުޑަކުދިންނަށް ކަމުދާ ޢިބުރަތްތެރި ވާހަކަ): ހޮނިހިރުދުވަހެކެވެ. ސްކޫލު ބަންދު ދުވަހަކަށް ވީތީ މައުސޫދާ އުޅެނީ ގޭގައެވެ. މަންމައާއި ބައްޕަ ދުރުވީ ބާޒާރުކޮށްލައްވާށެވެ. އެހެންވެ އަރާމުކޮށްލުމުގެ ނިޔަތުގައި ގޭގެ ދޮރު ތަޅުލުމަށްފަހު އޮށޯވެލައިފިއެވެ. މިނެޓެއްވެސް ނުވަނީސް ދޮރުގައި މީހަކު ޓަކިދީފިއެވެ. މައުސޫދާ އަވަހަށް ތެދުވެ، ދޮރު ހުޅުވައި ބަލައިލިއިރު... (އިތުރަށް ކިޔުމަށް ފިތައިލާ!)
  5. ފިޔަޖަހައި އުދުހޭ ކޯމަސް (ކުޑަކުދިންނަށް ކަމުދާ ޢިބުރަތްތެރި ވާހަކަ): ފަރިޔާލު އޭނާގެ ގޭ ގޯތިތެރޭ ފަތްޖެހިއެނދުގައި ފިލާވަޅު ކިޔަން އިނެވެ. މިހެން އިންދައި މާ ދުރުން ބޮޑު ބޮޑު ކޯމަހެއް އުދުހެމުން އަންނާތީ ފެނުނެވެ. ފަރިޔާލު އަޖައިބުވެގެން މަންމަމެނަށް ގޮވައި މިތަން ދައްކައިފައި އުފަލުން ހޭންފެށިއެވެ. އިސާހިތަކު އެ ކޯމަސް މިސުރާބުޖެހީ ފަރިޔާލުމެނާ ދިމާއަށެވެ. އައިގޮތަށް ... (އިތުރަށް ކިޔުމަށް ފިތައިލާ!)
  6. ނާޤީއާއި އާބިޝް (ކުޑަކުދިންނަށް ކަމުދާ ޢިބުރަތްތެރި ވާހަކަ): ނާޤީއާއި އާބިޝްއަކީ އުމައިމާއަށް ލިބިފައިވި އެއްނިބޫ ދެކުދިންނެވެ. ޢުމުރުން ހަތް އަހަރުގެ މި ދެކުދިންގެ ބައްޕައަކީ އެ ރަށުގައި މަޝްހޫރު ރާވެރި ވިޔަފާރިވެރިއެކެވެ. މަޝްހޫރު ވެފައިވާ ނަމުންނަމަ ދެފިހާރަ ބަދީޢުއެވެ. ބަދީޢުއާއި އުމައިމާގެ މި ދެ ދަރިން ގެންގުޅެނީ ވަރަށް ލޯބިން، އެ ކުދިން ބޭނުންވާ ކަންކަން ބަރާބަރަށް ކޮށްދީގެންނެވެ. (އިތުރަށް ކިޔަން ފިތައިލާ!)




 

No comments:

Post a Comment