26.9.18

އެސް.އެސް.ސީ ގައި ވާހަކަލިޔާކުދިންނަށް ހަދިޔާއެއް..SSC gai vaahaka liyaa kudhinnah


އޮޅުމަކުން ނުޙައްޤު މަރެއް: ވާހަކަލިޔާކުދިންނަށް ހަދިޔާއެއް
އާދަމް ޒާހިރު

ތަރުޙީބެއް ދެއްވުމަށް މި ބްލޮގްގެ ފޮލޯއަށް (Follow) އަށް ފިއްތަވައިލައްވާ!

ދަރުމަވަންތަ ޕްރިމިލިނަރީ އޯލެވެލް އެގްޒެމިނޭޝަން 2018 ގެ ދިވެހިބަސްގައި އޮތް ވާހަކަ ފެށުން: ވާހަކަލިޔާކުދިންނަށް ހަދިޔާއެއް

ނޯޓް: ދަށުރޮނގުން ފާހަގަކޮށްފައި އެވަނީ ދީފައިއޮތް ފެށުމެވެ.



އޮޅުމަކުން ނުޙައްޤު މަރެއް

އެހެން ރޭތަކާ ޚިލާފަށް މިރޭ މަސައްކަތް ނިމުނީ މާ ލަހުންނެވެ. ގަޑިއަށް ބަލައިލިއިރު މެންދަމު ބާރަ ޖެހީއެވެ. ކަންބޮޑުވެ ހާސްވެފައި ހުއްޓަސް އެހެން މީހަކަށް އެކަން އެނގޭކަށް ބޭނުމެއް ނުވެއެވެ. ބާރު ހިނގުމެއްގައި ގޮސް ސައިކަލަށް އަރައިގެން ނައްޓައިލެވުނު ގޮތްވެސް ނޭނގެއެވެ. ދިގު މަގުގެ މެދާހިސާބަށް ދެވުނުތަނާ މީހެއްގެ ކުކުރުމުގެ އަޑު އިވޭހެން ހީވިއެވެ. ސައިކަލުގެ އިންޖީނުގެ އަޑާއެކުވެގެން އަޑު އައިކަމުގައިވިޔަސް އެ އަޑު އައީ ގަދަވަމުންނެވެ. ހާސްވެ ކަންބޮޑުވެފައި ހުއްޓަސް ކުރިމަތިން ފެނުނު މަންޒަރުގެ ސަބަބުން ކުއްލިއަކަށް ސައިކަލު މަޑުކުރަން މަޖުބޫވިއެވެ.
"އެއީ ހަމަ ހަސަނެވެ. ބޭބެގެ ހަސަނެވެ. އަނެއްކާ." ހިތާހިތުން މިހެން ކިޔައިލެވުމާއެކު ސައިކަލުގެ ހަރު ޖައްސައިލައިފައި ފައިބައިގެން ގޮސް ބަލައިލައިފީމެވެ. އާއެކެވެ. އެއީ ހަމަ އޭނާއެވެ. މަގޭ .... އުހު ބޭބެގެ ހަސަނެވެ. ބޭއިޚުތިޔާރުގައި ތިރިވެލައިފައި ވިންދު ބަލައިލީމެވެ. ކުއްލިއަކަށް އޭނާ ނަގައިގަންނަން ބޭނުންވިއެވެ. ވިންދު ހުރީމައެވެ. ނަމަވެސް ގަމީސް ލެއިން ތައްތެޅިފައިވާތަން ފެނުނީމާ ހާސްވެއްޖެއެވެ. އަނެއްކާ ... މިހެންހިތަށް އެރުމާއެކު ތެދުވެއްޖައީމެވެ. ސައިކަލުގައި ލެވުނު ބާރެއްލައިފައި ދުއްވައިލީ މީހަކު ފެންނަ ހިސާބަށް ދިއުމަށެވެ.
ހަސަނު ވެއްޓިފައި އޮތީ މީހުން ވަރަށް މަދު ހިސާބެއްގައެވެ. ރަށުގެ ބޮޑުމަގުކަމުގައިވިޔަސް މިއީ ގެތައްފަޅު ހިސާބެކެވެ. އެެހެންކަމުން މީހެއްގެ ހިލަމެއްވެސް ނުވާތީ ދުރަށް ދުއްވައިލާންޖެހުނީއެވެ. މާދުރަށް ނުދެވެނީސް ރަށު ބައްތެލި އަލީއާ ދިމާވެއްޖެއެވެ. "އޭ އަލީ.... އަލީ.. މަގޭ ހަސަނު... އަރާބަލަ ސައިކަށް.. މަގޭ ހަސަނު..." މިހިސާބަށް ބުނެ ފުރިހަމަ ނުވަނީސް އަލީ ސައިކަލަށް އަރައިފިއެވެ. އަދި ވީގޮތް ބުނުމާއެކު އަލީ ހާސްވެއްޖެއެވެ. އަދި އަވަސް އަވަހަށް ފޯނު ނަގައި ޕޮލިހަށް ގުޅައިފިއެވެ. އެ ފޯނެއް ނުނިމި އުޅެނިކޮށް ހަސަނު އޮތްތަނަށް ދެވިއްޖެއެވެ.
މާގިނަ އިރެއް ނުވަނީސް ޕޮލިސް ޖިޕު އަތުވެއްޖެއެވެ. އަދި ޙަސަން ނަގައިގެން ސައިންރަންގެ އަޑާއެކު ދުއްވައިލައިފިއެވެ. ތިނަދޫ ހޮސްޕިޓަލަށް ދެވުމާއެކު އަވަސް ފަރުވާ ފަށައިގެންފިއެވެ. ވައްދަމުން ދިޔަ އިރުވެސް އަހަރެން ވިންދު ބަލައިލީމެވެ. އަދި އިމަޖެންސީ ކޮޓަރިއަށް ވެއްދުމުން ގޭގެ އެެހެން މީހުނަށް ގުޅައި ހަސަނަށް ކަމެއް ވެގެން އުޅޭވާހަކަ ބުނެފީމެވެ.
"ހަސަނަކީ ބޭބެގެ ހުރި ހަމައެކަނި ދަރިފުޅު. ކާފަގޯތި  ބެހުމުގެ ކަމެއްގައި އޭނާގެ ބައްޕަ އެދިގެން ރަށަށް އައިތާ ވީ ބާރަވަރަކަށް ދުވަސް. އުޅުން ހެޔޮ، ދީންވެރި، އާއިލާގެ ކަންކަމުގައި ޒިންމާވެ އުޅޭ އަޚުލާޤު ހެޔޮ ކުއްޖެއް. ކިޔަވައި އޯލެވެލް ނިމުމާއެކު ދިރާގުގެ ވަޒީފާގައި މަސައްކަތްކުރާ ހީވާގި ފިރިހެނެއް. އޭނާގެ ބައްޕަފަދައިން މަސައްކަތަށް ހުނަރުވެރި ޝައުޤުވެރި ވާޖިބަށް ސަމާލުވާ ބުއްދިވެރި ދަރިއެއް. އެ ފަކީރުގެ  އަރިކައްޓަށް އެ އޮތީ ވަޅިއެއް ހަރައިޒަޚަމްކޮށްލައިފައި... މަރަައިލަން ދިން ހަމަލާ.... ނަސީބަކުން ވިންދު އެބަހުރި...... އެއީ މަރަައިލަން ދީން ހަމަލާއެއް..... ހަސަނު..."
"ދަރިފުޅާ ވަޙީދޫ..... ހަސަނަށް ކީއްވީ؟" ހާސްވެފައި ހުރި ކަންބޮޑު އަޑަކުން ހަސަނުގެ ބައްޕަ ކޮށްލި ސުވާލާއެކު އަހަރެން ދިޔައީ ސިއްސައިގެންނެވެ. އުފެދުނު ޚިޔާލުތައް ވިއްސި ވިހާލިވެއްޖެވެ.
"ކޮބާ ދެންމެ ވެއްދި ހަސަނުގެ ބައްޕަ.. ނޫނީ މަންމައަކީ؟" "އަޅުގަނޑަކީ ބައްޕަ" އިމަޖެންސީ ކޮޓަރިން ނުކުތް ފުލުހަކު ކުރި ސުވާލަށް ހަސަނުގެ ބައްޕަ ޖަވާބުދިނެވެ. ފުލުސް މީހާގެ ގާތުގައި ޑޮކްޓަރުވެސް ހުންނެވިއެވެ. "ހަސަނު މަރުވެއްޖެ.. އޭނާގެ އަރިކަށީގެ ތެރެއަށް ވައްދައިލި ވަޅިވަނީ ހިތަށް ލޭ ފޮނުވާ ނާރު ބުރިވެފައި.... ނާރަށްހެރިފައި... ހޮސްޕިޓަލަށް ގެނައިރު ވިންދު ހުރި. ވަގުތުން އޮޕަރޭޝަންގެ މަސައްކަތްފެށިން.. ނަމަވެސް ﷲ މިންވަރުކުރެއްވި ގޮތް" ޑރ. މުޒަައްފަރު، ހަމްދަރުދީގެ ރާގުގައި ބުނެލިއެވެ.  އަހަރެންގެ މޭ ބިރުން ތެޅިގަތެވެ. ހަސަނުގެ ބައްޕަ އެ ޖެހިގެން ހުރި ގޮނޑީގައި އިށީނދެ ހުއްޓިފައި އިނެވެ.
އަހަރެން ފުލުސްމީހާއާ ގާތްވެލީމެވެ. އަދި ހާސްވެފައި ކަންވީގޮތް ކިޔައިދޭން ވިސްނީމެވެ. ނަމަވެސް ހިތްވަރެއް ނުލިބުނެވެ. ލޮލުން ކަރުނަ ހިލިއްޖެއެވެ. "އިރާދަކުރެއްވިއްޔާ މީނާގެ ގާތިލް ހޯދާނަން.. ހެކި އެބަހުރި އޭނާގެ ގައިން ލިބިފައި.... " ފުލުސްމީހާގެ މި ޖުމުލަ އިވުމާއެކު އަހަރެންގެ ހާސްކަން އިތުރުވިއެވެ. އަދި ބަލައިލާން ބޭނުންވިއެވެ. "ފުލުސް.. ފުލުސް.. އަޅުގަނޑު ބޭނުން ވާހަކައެއް ދަންނަވަން.. ވަކިން... " އަހަރެންގެ މިބުނުމަށް ހަސަނުގެ ބައްޕަ ހައިރާންވިކަން އެނގުނީ ކުއްލި ހަރަކާތަކާއެކު އައިސް އަހަރެންގެ އަތުގައި ހިފައި ލަކި ޖަހައިލުމުންނެވެ.
ފުލުސްމީހާއާއެކު ކުޑަކޮށް ދުރަށްޖެހިލީމެވެ. ވަރަށް ގާތުގައި ހަސަނުގެ ބައްޕަ ރޮވިފައި ހުއްޓެވެ. އެއީ އަހަރެންގެ ދޮންބެއެވެ. ބައްޕަގެ ބޭބެއެވެ. "ފުލުސް.. އަޅުގަނޑަށް އިންޒާރުގެ ފޯނުކޯލެއް އަންނަތާ މިހާރު މަހެއްވަރު ވެދާނެ.. މަރައިލާނެކަމަށްވެސް މިހާރު ހައެއްކަފަހަރު ބުނެފި.. މިއޮތީ އެ ގުޅާ ނަމްބަރަކީ.. އެކަމަކު ފުލުހަށް އަންގައިފިނަމަ މަރު އަވަސްވާނޭކަމަށްވެސް ބުނި... ހީވަނީ އަހަންނާ ހަސަނު ވައްތަރުވީމާ އެ މީހަކަށް ދެކުދިން އޮޅުނީހެން... މި މީހަކު ހޯދުމަށް މިއީ އެހީއެއް. އެކަމަކު އަޅުގަނޑު ބިރުވެސްގަނެއްޖެ...." އަހަރެން ބުނަން ބޭނުން ނުވިޔަސް ކިޔައިދިނީމެވެ.
"އޭ... ވަޙީދޫ.. ކަލޭ ސަލާމަތެއް ނުވާނެ.. އަހަރެން ދިޔައީ ކަލޭ މަރައިލާން.. ހީކުރަނީ މަރީގާތަށް ގޮސްފައި ތިޔަހެން ހުރެވޭނޭކަމަށްތަ... "އަހަރެންގެ ވާހަކަ ހުއްޓުވީ ހޮސްޕިޓަލަސް ވަދެގެން އައި ޒުވާނަކު އަޑުގެ ކޮޅަށް ހަޅޭއްލަވައިގަތީމައެވެ. އެހެނަސް ގިނަ އިރެއް ނުވެ ތަނުގައި ތިބި ފުލުހުން އެޒުވާނަކު ހިފައި ހައްޔަރުކޮށްފިއެވެ. އެއީ އަހަންނަން އިންޒާރު ދެމުންދިޔަ ނުކުޅަދާނަ ގޭ މުސާފިރެވެ. ހަސަން އެ މަރައިލީ އަހަރެންކަމަށް ހީކޮށެވެ. ކުރާނެކަމެއް ނެތެވެ. އެއްވެސް ކަމެއް ތަޤުދީރުގެ ނިޔާއިން ނުނީ ނުހިނގައެވެ. ﷲގެ ރަޙުމަތުން އެ ޤާތިލްގެ ބިރުވެރިކަމުން މިންޖުވީއެވެ. (ނިމުނީ)
 


No comments:

Post a Comment