ދިވެހި ޅެންވެރިކަމުގެ ތެރެއިން އާޅެމާމެދު ބަހުސެއް:
ދިވެހި ބަހަކީ ޅެންވެރިކަމުގެ ވެށީގައި ވަރަށް މުއްސަނދި
އަދަބެއް އޮތް ބަހެކެވެ. މި ބަހުގެ ޅެންވެރިކަން މީލާދީ ޤަރުނުތަކުގެ ކުރީކޮޅަށް
ދާކަން ބުއްދި ހޭލައްވައިފިނަމަ ވިސްނޭނެއެވެ. އެތައް ޒަމާނެއްގެ ފިކުރާއި
ވަސްވާހާއި ފޯކުލޯރުތައް މިބަހުން ރައިވަރުގެގޮތުގައި އޮތުމަކީ މީގެ ހެއްކެކެވެ.
މީގެ އިތުރަށް މި ޅެންވެރިކަމުގައި ގޮތްފޮތުން ވަކިކުރެވޭ އުސްލޫބެއް އޮތް
އަދަބީވެރިކަމުގެ 7 ބާވަތެއް ޒަމާނުއްސުރެ ލިސްޓުކުރަމުން އައިސްފައިވެއެވެ. އަދި
މާ ފަހަކުން "އާޅެން" ކިޔާ ބާވަތެއްވެސް މިވަނީ އުފަންވެފައެވެ.
ނުވިތާކަށް އެއަށްވުރެ މާފަހުން ގުޖުރާތުގައި ކުރެވުނު ބަހުސަކަށްފަހު
ބާޥަތެއްކަމުގައި ވިސްނިގެން "ކުރުތީ"ވެސް ވަނީ އުފަންކޮށްފައެވެ. މީގެ
ތެރެއިން މި ލިޔުމުގައި ވާހަކަދައްކައިލާން މި އުޅެނީ "އާޅެން" އާ
ބެހޭގޮތުންނެވެ.
ޖަމީލްދީދީގެ "ޅެމާއި ޅެންވެރިކަން" މިފޮތުގައި
ބަޔާންކުރާގޮތުގައި ބައެއް އަދީބުންގެ ނަޒަރުގައި ބުނާ ބުނުމަކުން ލިޔާ ލިޔުމަކުން
ކިޔާ މީހާއަށް ނުވަތަ އަހާ މީހާއަށް އަސަރެއް އިހުސާސްކުރެވޭނަމަ އެއީ ޅެމެކެވެ.
ބަހުގައި ޖަޒުބާތެއް އުފައްދާނަމަ އެއީ ޅެމެވެ. މަޝްހޫރު އިނގިރޭސީ ޝާޢިރު ޑެން
ރެފިންބާރގްގެ ނަޒަރުގައި ބުނުމެއްގައި، ލިޔުމެއްގައި އަސަރުގަދަ ގޮތެއް ހުރެފައި
އެއިން ނުފޫޒެއް ފޯރުވައި އަސަރު އުފައްދާނަމަ އެއީ ޅެމެކެވެ. ޖެރޮސްލާވް ވަލާ
(2012) ކޮށްފައިވާ ދިރާސާ "ޅެންވެރިކަމުން ކިޔަވާކުދިންގެ ހެޔޮ އަޚުލާޤު ދެމެހެއްޓުމަށް
ނުފޫޒު ފޯރާމިންވަރު" ގައި ހާމަވެފައިވާގޮތުގައި އަސަރުގަދަ ކިޔުންތައް، ޗާލު
ލަފުޒުތަކާއި އިބާރާތްތައް އެކުލެވޭ ލިޔުންތަކުގައި އިންސާނާގެ އަޚުލާޤަށް ނުފޫޒު
ފޯރުވައެވެ. މިތަނުގައި ޢިބާރާތް ކިޔުނު ކިޔުމަށް ޅެމޭ ކިޔައިފައިވެއެވެ.
ޔޮގާ އާޓިސްޓެއްކަމުގައިވާ، އަދި
ލަވަވެރިކަމުގައި ޚިދުމަތްކުރުންތެރިޔާ އަދި މަޝްހޫރު ސިފިފޭމް ޕޮއެމް ޖަމާކޮށް
ޢިލްމީގޮތަކުން އެއާމެދު ފާޑުކިޔައިއުޅޭ މޮޑެލަރެއްކަމުގައިވާ ކްރިސްޓިނާ އެމް
ރައު (2018) ހާމަކުރާގޮތުގައި ޅެމަކީ ޖުމުލައެއް ނޫނެވެ. އަދި ވާހަކައެއްވެސް
ނޫނެވެ. އަދި އެއީ ރިވާއެއް، ބުނެދިނުމެއްވެސް ނޫނެވެ. އެހެނެއްކަމަކަކު އެއީ
ލަފުޒުފައްޗެކެވެ. އެލަފުޒުފަތިން މީހެއްގެ ފިކުރު، ނުވަތަ ވިސްނުން
ހަރަކާތްތެރިކުރުވާ ލިޔުމެކެވެ. އީޖާދެކެވެ.
ގްރީސްގެ އަދަބި ރަދީފަކުން
ބުނެދޭގޮތުގައި ޅެމަކީ އުފެއްދުމެކެވެ. އެއީ ލަފުޒުން ކުރެހުމެކެވެ. އެއީ
ފެންވަރާއި ފަންވަރާއި އަސަރާޢި ޖަޒުބާތާއި ހިމެނި އޭގައި މާނަވީ ވިންދަކާއި
ޤުދުރަތީ ނުފޫޒެއް ހިމެނިފައިވާ ގެތުމެކެވެ. އެ ލިޔުމެއް ކިޔައި އަހައި ހަދާ ހަމަ
ކޮންމެ މީހަކަށް އަސަރެއް ކުރުވާ ލިޔުމެކެވެ. ގްރީކްގެ އަދަބީ ބުނުމުގައި ޕޮއެޓްރީ
އަކީ "ޕޮއިއިއޮ" އެވެ. މާނައަކީ "އަހަރެއް އުފެއްދީ" އެވެ.
މާރކްޔަކިޗް އޭނާގެ
ދިރާސާއެއްގައި (2013) ހާމަކުރާގޮތުގައި ޅެމަކީ ތިބާ ޅެން ކިޔާނެއެވެ. ޅެން ތިބާ
ދެކޭނެއެވެ. އެކަމުން ތިބާއަށް ލިބޭނީ ފިލާވަޅެކެވެ. ލިބޭ ކޮންމެ ފިލާވަޅަކީ
ޅެމެއްކަމުގައި ނޫނީ ނުވާނެއެވެ. އުފެއްދުންތެރި ލިޔުންތަކުން ގެނެސްދެނީ
އިބްރަތާއި ފިލާވަޅެވެ.
އާޅެމުގެ ތަޢާރަފުކުރުކޮށް:
އާޅެމަކީ ދިވެހި ޅެންވެރިކަމުގެ
ބާވަތެކެވެ. ވަޒަންބަހުރުވައިގެ ބާވަތެކެވެ. އާޅެމަކީ އާންމު ބަހުރުވައަށްވުރެ
ނަލަކޮށް ތިލަކޮށް މާނައެއް ހިމެނިގެން ބުނެދިނުމާއި ސިފަކުރުން ހިމެނި ތަނަވަސް
ޚިޔާލު ހިމަނައިގެން ލިޔެފައިވާ ބަހުގެ އީޖާދެކެވެ. މިގޮތުން އެކުލަވައިލާ
އާޅެމުގައި؛
-
ޢިބާރާތް ކުރުވާންވާނެ
-
ބައެއް ޙާލަތްތަކުގައި ޖުމުލަތައް ދިގުކޮށްވެސް
ހުރޭ
-
ބުނެދިނުން ތަފާތުވާނެ
-
ބަސްއޮޅުވުމެއް ނުހުންނާނެ
-
ކިޔުމުގައި ވަޒަންވެރި ގޮތެއްހުރުމީ
މުހިންމުކަމެއް
-
ކިޔުމުން ކިރޭ ވަޒަނެއް ނެތަސް ކަމުދާނެ
-
އަސަރެއް ފާޅުވާންވާނެ
-
މީރުކަމެއް ހުންނަންވާނެ
-
ކިޔާމީހުންގެ ހިތްތަކަށް ރިހުމެއް އުފަލެއް
ހިތްހަމަޖެހުމެއް ޒަލްޒަލާއެއް ތިލަކުރަންވާނެ
-
ލައްޒަތެއް ހިލެންވާނެ
-
ޖުމުލަތަކުގައި ހުންނަ ހުރިހާ އަކުރުތައް ލައި
ދިގުކޮށްފައިވެސް ނުހުރޭ
-
ކާފިޔާ ބަނޑުވައް އޮންނާކަށް ނުޖެހޭނެ
-
ފޮޅުވަތުގެ ޢަދަދެއް ކޮންމެހެން ބޭނުމެއް ނުވާނެ
-
އިބުރަތެއް ހިމެނިފައިވާންވާނެ
-
ޚިޔާލުގައި އާކަމެއް ހިމެނުން މުހިންމު
މިހާތަނަށް ހަދައިފައި ހުރި އާޅެމުގައި،
އަދި އާޅެމާމެދު ވާހަކަދައްކައިފައިވާ ލިޔުންތަކުގައި މި ނޫން ޚާއްސަ ޝަރުޠެއް
ނެތެވެ. ނަމަވެސް ގިނައިން ހަދައިފައި ހުރި އާޅެންތަކަކީ މައުޟޫޢުގެ ގޮތުން ވަކި
ދިމާއަކުން އުފަންވެފައިހުރި ޅެންތައްކަމުގައި ފާހަގަކޮށްލަމެވެ. މިގޮތުން
ގިނައިން ފެންނަނީ؛
-
ޢިޝްޤީ
-
ޤުދުރަތީ ފަންނުވެރި
-
ކަމެއްގެ ކަންބޮޑުވުމެއް
-
އީޖާދީގޮތުން
-
އަދި ފަލްސަފާވެރިކަމުގެ ބާވަތްތަކެވެ.
އާޅެމެއްގެ
ނަމޫނާ:
އާދަމް
ޒާހިރު 2013
އޭ އަހަރެންގެ ދުނިޔެ އަލިކުރި އިރާއެވެ.
ތިޔަ އިރުގެ ބޭނުންތެރިކަން އިންތިހާއެވެ.
ނަމަވެސް ބަލައިލާން ނުކެރެއެއެވެ.
މި ލޯ ފިހި ކަނުވެދާނެއެވެ.
އޭ ދުނިޔެ އެ އެއްޗެއްގެ ވަށައިގެން އެނބުރޭ
އަލިފާންގަނޑާއެވެ.
ތިބާއީވެސް ﷲ ލެއްވި މަޚުލޫޤެކެފވެ.
ތިބާ ނުވިނަމަ ހަނދުގައި އަލިކަން ނެތީހެވެ.
ތަރިތަކުގައި ބެބުޅުންވެސް ނުވީހެވެ.
އަހުރެންވީހީ ކަނު އަނދިރީގައެވެ.
އޭ މި ދުނިޔެއާ ދުރުގައިވިޔަސް ދުނިޔޭގެ
ބައިވެރިޔާއެވެ.
ތިބާއަށް މި ނިކަމެތި އިންސާނުން ބޭނުމެއް ނުވެއެވެ.
އެހެނަސް މި ނިކަމެތި ހަނދުތައް މުހިންމެވެ.
އެހެނީ ތިބާ ލެއްވީ މިހަނދުތައް ލެއްވީތީކަން
ކަށަވަރެވެ.
ތިޔައީ ޝަރަފެކެވެ.
އޭ އިރާއެވެ.
ވަރަށް ސަލާމެވެ.
އާޅެމާމެދު
ކުރެވޭ ބަހުސަށް ވިސްނައިލަމާ:
ޢަބްދުލް
މުޢީދު (ބަހުރުގައި) ހާމަކޮށްފައިވާގޮތުގައި އާޅެމުގެ ޚިޔާލަކީ ޢަރަބިޅެމުގައި
ޅެންވެރިކަމުގެ ބާވަތެކެވެ. މުޢީދު އިތުރަށް ވިދާޅުވެފައިވެއެވެ. "ޢަރަބީންގެ
އިހުގެ ޅެމާ ޚިލާފު ބާވަތެއްގެ ޅެމެއް، ޢަރަބީންގެ ތެރެއަށް މިޒަމާނުގައި އުފަންވި
އެވެ. އެއާމެދު ނުރުހުން ފާޅުކޮށް ފާޑުކިޔުނެވެ. ބައެއް ފަރާތްތަކުން އެއަށް ކީ
ނަމަކީ، "ޤަޞީދަތު ނަޘްރު" (قصيدة نثر) އެވެ. އެއީ، އޭގެ އެންމެ ހެޔޮ ޙާލުގައި
ވެސް، ޅެމެއް ނޫން ކަމަށް ބައެއް ފަރާތްތަކުން ބުނެފައި ވެ އެވެ. ބައެއް
ފަރާތްތަކުން ބުނެފައިވަނީ، އެއީ، ޅެންވެރިކަމުގެ އަސަރު ހުރި، ނަޘްރުގެ ތެރޭގައި
ހިމެނޭ ލިޔުމުގެ ބާވަތެއް ކަމަށެވެ." މުޢީދު ހާމަކުރާގޮތުގައި ދެކޮޅަށް
ވާހަކަދައްކާ މީހުން ޢަރަބި ޢިލްމުވެރި އަދީބުންގެތެރޭގައި ތިބެއެވެ. މީގެތެރެއިން
ޤަޞީދަތު ނަޘްރަކީ ޅެމުގެ ބާވަތެއްކަމުގައި ނިންމި މީހުން އެންމެފަހުން ކީރިތި
ޤުރުއާނާއި ކީރިތި މާތް ނަބިއްޔާ ޞައްލަ ﷲ ޢަލައިހި ވަސައްލަގެ ޝާޢިރު، ޙައްސާނު
ބްނު ޘާބިތު ވިދާޅުވެފައިވާ ބަސްފުޅުން ހެކި ދައްކަވައި މިއީ ޅެމުގެ
ބާވަތެއްކަމުގައި ނިންމިއެވެ.
ޢަރައބި
ޅެންވެރިޔާ ޙައްސާން ބިންޘާބިތުގެ މި ޙާދިސާއަކީ އާޅެމުގެ ފިކުރަށް ހުރި
ޚިޔާލެކެވެ. ޢަރަބިންވެސް އާޅެމުގެ ބާވަތްތައް އެއްޗެއްކަމަށް ދެއްކުމަށް މި
މިސާލު ޖެއްސެވިކަމަށް މުޢީދު ލިޔުއްވައެވެ. މުޢީދު ލިޔުއްވައިފައިވެއެވެ. "ޅެމުގެ
ތެރެއަށް އަލަށް އުފަންވި ބާވަތަކީ، އިހުޒަމާނުގައި ވެސް ޢަރަބީންގެ ތެރޭގައި އޮތް
އެއްޗެއް ކަމަށް ދެއްކުނު ދެވަނަ އެއްޗަކީ، މާތް ﷲ ރުއްސުންލެއްވި ޙައްސާނު ބްނު
ޘާބިތު (حسان بن ثابت) ގެ ބަސްފުޅެކެވެ. އެކަލޭގެފާނު
އެ ބަސްފުޅު ވިދާޅުވީ، އެކަލޭގެފާނުގެ ތުއްޕުޅު ދަރިކަލުން، ޢަބްދުއްރަޙުމާނު (عبدالرحمن) ވިދާޅުވި
ބަސްފުޅަކާމެދުގައެވެ. އެއްދުވަހަކު، އެ ދަރިކަލުންގެ އަތްޕުޅަށް ނުވަތަ
އިނގިލިފުޅަކަށް ކުޅަނދުރެއް ކަށިޖެހިއެވެ. ދެން ކީރިތިކުރައްވަމުން ބައްޕާފުޅުގެ
އަރިހަށް ވަޑައިގެން އެވާހަކަ އަސަރާއެކު ދެންނެވި އެވެ. "لَسَعَنِي طَائِرٌ كَأَنَّهُ مُلْتَفٌّ فِي بُرْدَي حِبَرَة" މާނައަކީ، "އަހުރެންގެ ގަޔަށް ސޫތްޕެއް ކަށިޖަހައިފި އެވެ. އޭގައި
ޔަމަނުގެ (ރޮނގުދެމި) ދެ ބުރުދާ އޮޅައިލައިފައިވާފަދައެވެ" ދަރިކަލުން މިހެން
ދެންނެވުމުން ޙައްސާން ބްނު ޘާބިތު ވިދާޅުވިކަމަށް ބައެއް މަޞްދަރުތަކުގައި ވެއެވެ.
"يَا بُنَيَّ قُلْتَ الشِّعْرَ وَرَبُّ اْلكَعْبَة" މާނައަކީ، "ލޮބުވެތި ދަރިކަލުންނޭވެ! ގެފުޅުވެރި ވެރިރަސްކަލާނގެ
ގަންދެއްވައި ވިދާޅުވަމެވެ. ދަރިކަލުން ތިޔަ ވިދާޅުވީ ޅެމެވެ."
މުޢީދު މިހެން ލިޔުއްވައިފައިވީނަމަވެސް ހެއްކާއި ދަލީލުތައް ދައްކަވައި ބުރަވެލައްވައިފައިވަނީ މި ކަހަލަ ބާވަތްތައް ޅެމަށްނުވާނޭކަމުގައެވެ. އަދި ޅެމޭ ކިޔުން ޤަބޫލު ނުކުރެވޭނޭކަމުގައެވެ.
އިހަށްވެސް ދެންނެވި ފަދައިން ދިވެހި ޅެންވެރިކަމުގައި "އާޅެން" ކިޔާ ބާވަތެއް މިވަނީ އުފަންވެފައެވެ. އަޅުގަނޑުގެ ޚިޔާލުގައި މީގެ މަޤްޞަދަށް ބަލާއިރު މިއީ އަދަބީ ނަލަ އުފެއްދުމެކެވެ. އެހެނަސް މުޢީދުއާއި އެހެންވެސް އަދަބީ ޚިޔާލުވެރިން ފާޅުކުރައްވައިފައިވާ ފަދައިން މި ބާވަތަށް ޅެމޭ ކިޔުމުގެ ބަދަލުގައި އާ ނަމެއް ކިޔުން ބުއްދިވެރިއެވެ. އެހެނީ ޅެމަކީ އޭގެ މާނައިގެތެރޭގައި ހިމެނޭ ހުރިހާ ބާވަތެއްއެކުލަވައި ދިވެހި ޅެންވެރިކަމަށް ކިޔޭ ދެވަނަ ނަމަކީ "ވަޒަންބަހުރުވަ"އެވެ. މާނައަކީ ވަޒަނަށް ހެދި ގެތި އެމުނިފައިވާ އުފެއްދުންތެރި ކަމުގެ އަދަބެވެ. އެހެނަސް އާޅެމުގައި ވަޒަނެއް ނެތެވެ.
މުޢީދު މިހެން ލިޔުއްވައިފައިވީނަމަވެސް ހެއްކާއި ދަލީލުތައް ދައްކަވައި ބުރަވެލައްވައިފައިވަނީ މި ކަހަލަ ބާވަތްތައް ޅެމަށްނުވާނޭކަމުގައެވެ. އަދި ޅެމޭ ކިޔުން ޤަބޫލު ނުކުރެވޭނޭކަމުގައެވެ.
އިހަށްވެސް ދެންނެވި ފަދައިން ދިވެހި ޅެންވެރިކަމުގައި "އާޅެން" ކިޔާ ބާވަތެއް މިވަނީ އުފަންވެފައެވެ. އަޅުގަނޑުގެ ޚިޔާލުގައި މީގެ މަޤްޞަދަށް ބަލާއިރު މިއީ އަދަބީ ނަލަ އުފެއްދުމެކެވެ. އެހެނަސް މުޢީދުއާއި އެހެންވެސް އަދަބީ ޚިޔާލުވެރިން ފާޅުކުރައްވައިފައިވާ ފަދައިން މި ބާވަތަށް ޅެމޭ ކިޔުމުގެ ބަދަލުގައި އާ ނަމެއް ކިޔުން ބުއްދިވެރިއެވެ. އެހެނީ ޅެމަކީ އޭގެ މާނައިގެތެރޭގައި ހިމެނޭ ހުރިހާ ބާވަތެއްއެކުލަވައި ދިވެހި ޅެންވެރިކަމަށް ކިޔޭ ދެވަނަ ނަމަކީ "ވަޒަންބަހުރުވަ"އެވެ. މާނައަކީ ވަޒަނަށް ހެދި ގެތި އެމުނިފައިވާ އުފެއްދުންތެރި ކަމުގެ އަދަބެވެ. އެހެނަސް އާޅެމުގައި ވަޒަނެއް ނެތެވެ.
ދިވެހި
ޅެންވެރިކަމަކީ އަދަބީގޮތުން މާސިންގާ ބަގީޗާއެކެވެ. ހަ ފަރާތަށް ބެއްޔަސް އެކި
ގަސްގަހުގެ ހިމަ ފަލަމިނަށާއި ވަކަ ހަރުމިނަށާއި ފޮޅޭ މާމެލާމެލީގެ ސިފައަށް
ބެއްޔަސް އެހާމެ ތަފާތު ބަސްމަގެއް އޮތް ވަޒަންބަހުރުވައިގެ ބަގީޗާއެކެވެ. އަންބާ،
ފަރިހި، ރައިވަރު، ޅެން، ލަވަ، ޅެން، ބަނދި ހިމެނޭއިރު މިއިން ހަމަ ކޮންމެ ބާވަތެއްގައި
ދީނީ، ޢިލްމީ، ފަލްސަފީ، ޤައުމީ، ޢިޝްޤީ، ޙަޔާތީ، ސިޔާސީ، ރިވާއީ ބާވަތްތައް
ހިމެނެއެވެ. އަދި ރުޅިއާޢި ނަފުރަތާއި ދިމާކުރުމާއި ފުރައްސާރަކުރުމާއި އިޙުތިރާމާއި
އިސްތިޙުސާނާއި ރޮއްވައި ހެއްވުމާއި ޖެއްސުމާއި މަލާމާތުގެގޮތުންވެސް އެތައް ބާވަތެއް
ހިމެނެއެވެ. މިހާގިނަ ފޮޅުންތަކެއް ހިމެނެ މި ދިވެހި އަދަބީ ޅެންވެރިކަމުގެ
ގުލްޒާރުގައި "އާޅެން" ފަދަ ބާވަތެއް ހިމެނުމަކީ މައްސަލައެއް ނޫނެވެ.
އެހެނަސް އާޅެމަކީ ޅެމުގެ ރޫޙު ނެތް އެއްޗެކެވެ.
އަޅުގަނޑުގެ
ޚިޔާލަކީ އުފަންވެއްޖެ އެއްޗެއް މަރައިލުމަކީ ކޮށްގެންވާނޭކަމެއް ނޫނެވެ. އޭގެ
މަޤާމާއި އިއްޒަތާއި ޝަރަފުވެސް ނެތިކޮށްލައިގެން ނުވާނެއެވެ. އެހެނަސް އޮތް މަޤާމު
ހާމަކުރުމަކީ ކޮށްލެވިދާނޭކަމެކެވެ. (ނިމުނީ)