27.7.16

ޤައުމީ ލޯބި ހިތުގައި އަށަގެންނުވޭނީ ކިިހިނެއް؟ Qaumee loabi hithugai ashagennuveynee



ޤައުމީ ލޯބި ހިތުގައި އަށަގެންނުވޭނީ ކިިހިނެއް؟
ލިޔުނީ: އާދަމް ޒާހިރު (ކުރޮޅި)

"ލޯބި" ދެ އަކުރެއްގެ ކުރު ލަފުޒެކެވެ. ކިޔުމުގައި ލުއި ފަސޭހަ ލަފުޒެކެވެ. ނަމަވެސް ފޮރުވިފައިވާ އެތައް ހާސް މާނަ މީގައިވެއެވެ. ޝަރަޙައަކަށް ހާހުން ސަފުޙާ ފުރައިލެވޭނޭ ވިންދެއް މި ލަފުޒުގައިވެއެވެ. އެތައް ދިރުމެއްގެ ގުޅުން މީގެ އިމުގައި ހިމެނޭ އަޚުލާޣެއް މި ލަފުޒުގައި ވެއެވެ. މުޅި ޙަޔާތް މިއިން ކުރަހައިދެއެވެ. ދަރިފަސްކޮޅާއި ވަޠަން މި ކަމުން ބިނާކޮށްދެއެވެ. ނަފުރަތާއި ދުޝްމަނުކަމާއި ބަލިތައް މި ލަފުޒަކުން ފަސޭހަކޮށްދޭ ބޭހެއްކަމުގައި، ޝިފާޢެއްކަމުގައި މި ލަފުޒުވެއެވެ. މިއީ ޤައުމުގެ ދިރުމެވެ.

އިނގިރޭސީންގެ ހިމާޔަތުގައި In'gireyseenge himaayathugai



އިނގިރޭސީންގެ ހިމާޔަތުގައި ރާއްޖެ އޮތް އިރު ދިވެހިންނަށް ދިމާވި ދަތިތައް
ލިޔުނީ: އާދަމް ޒާހިރު (ކުރޮޅި)

މިއަދަކީ ދިވެހިރާއްޖޭގެ މިނިވަން ދުވަހެވެ. ދިވެހިން، އިނގިރޭސީންގެ ޙިމާޔަތުން މިނިވަންވިކަމުގެ އުފާ ފާހަގަކުރާ ދުވަހެވެ. މި ދުވަސް "މިނިވަން ދުވަސް" ގެ ގޮތުގައި ފާހަގަކުރަނީ މި ހަނދާނާއި އެހެންވެސް އެފަދަ ހަނދާންތަކުގެ އުފަލުގައެވެ. އިނގިރޭސީންގެ ޙިމާޔަތުގައި ދިވެހިން ތިބޭތާ ހަތްދިހަ އަހަރަށްވުރެ ގިނަވީފަހުން 26 ޖުލައި 1965 ގައި އެ ހިމާޔަތުން މިނިވަންވީއެވެ. އެހެންކަމުން މި ދުވަހު އެ ހަނދާން ހިތަށްގެނެސް މިނިވަން ރޫޙު އާލާކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭނޭކަމެއްކަމުގައި ޤަބޫލުކުރަމެވެ.