16.9.17

މަޒުމޫނުގެ ފަހި ރޭވުން ޕެރެގުރާފަށް ބަދަލުވާގޮތް Mazumoonu fahi reyvun pereguraafah badhaluvaa goiy

މަޒުމޫނުގެ ފަހި ރޭވުން ޕެރެގުރާފަށް- އާދަމް ޒާހިރު 

ސުރުޚީ: އަހަރެންގެ ޒުވާން ދައުރު އަހަރެން ހޭދަކުރަން ބޭނުންވަނީ.... 17 ސެޕްޓެމްބަރ 2017
 
ޕެރެގުރާފް ކުރެވެމުންދާނޭގޮތް.
ފިިޔަވަޅު1:
މައި ސުވާލަށް ދިން 4 ޖަވާބު.
(.. ބޭނުންވަނީ ކޮން ގޮތަކަށް ހޭދަކުރަން؟
ފިޔަވަޅު2:
ޖަވާބުތަކުން އުފެއްދި ސުވާލުގެ ޖަވާބުތައް
(ކީއްވެ ތިޔަހެން ތިޔަބުނީ؟)
ފިޔަވަޅު 3:
ސާބިތުކުރާ ޙަވާލާއެއްފަދަ މަޢުލޫމާތެއް
(ތިޔަކަމެއް ކުރަންޖެހޭތަ؟ ކިހިނެއް އެނގުނީ؟)
ފިޔަވަޅު 4:
ނިންމުން، މެސެޖް
(ދެން އެެހެންވިއްޔާ ކިހިނެއް ހަދާނީ؟)
ފެށުން
ފިޔަވަޅު 1 ގެ ނުކުތާތަކުން
ސުރުޚީއިން އުފައްދާ
މައިގަނޑު ޚިޔާލެއް/ ރީތި ބައިތެއް/ ނޫނީ ބުނުމެއް
މައިގަނޑުގެ ފުރަތަމަ ފިޔަވަޅުގެ ނުކުތާތަކުން
-          ދީންވެރިކަމަށް ސަމާލުވުން
-          މަސައްކަތްތެރިވުން
-          ޒިންމާދާރު ފިރިއަކަށް، ބައްޕައަކަށްވުމަށް
-          ނަމޫނާ ދިވެއްސަކަށްވުން
(ފެށުމަށް މި ބައި ބޭނުމެއް ނުވާނެ)
މި ނުކުތާތަކަށް ބަލައިލަމާތޯ؟
މައިގަނޑު ޕެރެ 1
1.     ދީނީ ކަންކަމަށް ސަމާލުކަންދީގެން އުޅުމަށް
-       މުސްލިމަކަށްވީތީ އެެންމެ ފުރަތަމަ ވާޖިބަކީ މިއީ
-       ދިވެހި ވެށީގައި ބަލައިގަންނަ މީހަކަށްވާނެތީ
-       ދެން ހުރި ހުރިހާކަމަކަށް މި ޢިލްމު އެހީވާނެތީ
އަޅުގަނޑުމެންގެ ދީން ބާރުއަޅުއްވާ ކަންކަމުގެ ތެެރެއިން އެންމެ އިސް އެއް ސިފައަކީ މިއީކަން ދީނީ ތަރުބިއްޔަތުފޮތުން ވެސް އެނގޭ.
ވީމާ ޒުވާން ދުވަސްވަރު އެންމެ ފުރަތަމަވެސް މުސްލިމެއްގެ ސިފައިން ޖަރީވެވޭތޯ މަސައްކަތްކުރާނަން.
މައިގަނޑު ޕެރެ 2
2.     ހުނަރުވެރި މަސައްކަތްތެރިއެއްގެ ގޮތުގައި ވޭތުކުރުމަށް
-       ދީނުގައި އަމުރުކޮށްފައިވާ ކަމަކަށް ވީތީ
-       ޖަމާޢަތުގައި ފުދުންތެރި މީހަކަށް ވެވޭނޭތީ
-       ޖަމާޢަތުގައި ބައިވެރިއެއްގެގޮތުން އުޅެވޭނެތީ
-       ބާކީވެގެންދާ މީހުންގެތެރޭޣައި ނުވުމަށް
ރާއްޖޭގެ ތަފާސްހިސާބުން އެނގޭގޮތުގައި.... ޒުވާންޖީލުގެ ގިނަ ބަޔަކަށް މަސައްކަތްތެރިކަމުގެ ހުނަރު ލިބިފައިނެތް. މިއީ ވަޠަނީ ބިރެއްކަމުގައިވޭ
ފުދުންތެރި މަސައްކަތްތެރި ޒިންމާދާރު، މީހުން ޤަބޫލުކުރާ ޝަޚްސެއްގެގޮތުގައި ވޭތޯ ބަލާނަން.
މައިގަނޑު ޕެރެ 3
3.     ޒިންމާދާރު ފިރިއަކަށް، ބައްޕައަކަށްވުމަށް
-       ޢާއިލާއަށް އަޅައިލާ އޯގާތެރި ފިރިއެއްކަމުގައިވާންޖެހޭނެ
-       ދަރިންނާއެކު ވަގުތު ވޭތުކޮށް، ވާޖިބު އަދާކުރަންޖެހޭނެ
-       ޢާއިލާގެތެރޭގެ އުފަލާއި ހިތްހަމަޖެހުމަށްޓަކައި ޒިންމާދަރުު މީހަަކަށްވާންޖެހޭނެ
ޙަސަން ޙަމީދުގެ ބުނުން/ ދަރުމަ 2008 ޖެނު/ ޒިންމާ އުފުލާ ޒުވާން ޖީލު ދަނީ ގެއްލެމުން. (މިއީ ދެރަ، ނުރައްކަލެއް)
ޢާއިލާގެ ގުޅުމާއި ބަދަހިކަން ހޯދައި ޒިންމާއުފުލުގައި ހުޝިޔާރު މީހަކަށްވާން މަސައްކަތްކުރާނަން.
މައިގަނޑު ޕެރެ 4
4.     ނަމޫނާ ދިވެހި ދަރިއަކަށްވުމަށް
-       ޒުވާނުންގެ ބޮލުގައި އެޅޭ އުނި ނަން ފިލުވަން ބޭނުންވާތީ
-       ވަފާތެރި ޒުވާން ދިވެހިދަރިން ތިބިކަން ދައްކަން ބޭނުންވާތީ
-       އަޅުގަނޑުގެ ދަރިންނަށް ނަމޫނާއަކަށްވާންވެސް ބޭނުންވާތީ
-       އިހުތިބި ޒުވާން ބަޠަލުން ދެއްކި ނަމޫނާ ދިރުވަން ބޭނުން
ޤައުމު އެދި ގޮވަނީ އިހުތިބީން ދެއްކި ނަމޫނާގައި ހިފައި އެފަދަ ބަޠަލުންކަމުގައި ވުމަށް އަދުގެ ޒުވާނުން ވާންޖެހޭކަމުގައި
ޒުވާން ދައުރު ވޭތުކުރަން ބޭނުންވަނީ މިފަދަ ބޭނުންތެރި ގޮތެއްގައި. ހަރުދަނާ އިމެއްގައި، ހަރުދަނާ ކަންކަމުގައި
ނިންމުން ފިޔަވަޅު4 ގެ ނުކުރާތަކުން
4 ވަނަ ފިޔަވަޅުގެ ނުކުތާތަކަށް ވިސްނައި ހޮވައިލެވޭ މައި ބުނުމެއް.
{ވީމާ ކިހިނެއް ހަދަންވީގެ ޖަވާބު؟}
(އިސްވެ ދެއްކި ވާހަކަތައް ޤަބޫލުކުރާ މީހަކު ދެން އަޅަންވީ ފިޔަވަޅު އަހައިލުމުގެ ނިންމާ މައި އަމުރެއް/ ނަސޭހަތެއްފަދަ ޙުކުމެއް)

4 ވަނަ ފިޔަވަޅުގެ އަމުރު (މެސެޖު) ތަކުން
-    ފުރަތަމަވެސް މުސްލިމެއްގެ ގޮތް ލިބިގަންނަންވީ
-    ފުދުންތެރި ޝަޚްސަކަށް ވާންވީ
-    ޒިންމާދާރު ހުޝިޔާރު މީހަކަށްވާންވީ
-    ހަރުދަނާ އިމެއްގައި، ހަރުދަނާ ކަންކަމުގައި
-    ބާކީ ވެދާ މީހުންގެތެރޭ ނުވުމަށް ވިސްނާނަން
ނިންމުމުގައި ދަލީލު، ހެކި، ރެފަރެންސު ބޭނުމެއް ނުވޭ ބަދަލުގައި ފެށުމުގައި ބައިތު ލިޔުނިއްޔާ މިތަނުގައި ބުނުމެއް. ފެށުމުގައި ބުނުން ލިޔުނު ނަމަ މިތަނުގައި ބައިތެއް އަދަބީ ބަހެއް ލިޔެވިދާނެ.
-          ހަރުދަނާ ޖުމުލަ އަމުރެއް. ނުވަތަ
-          ގޮވައިލުމެއް. ނުވަތަ
-          އެދުމެއް. ނުވަތަ
-          ދުޢާއެއް
(މިނޫން ގޮތްގޮތްވެސް މެސެޖަށްފަހު ލިޔެވިދާނެ)

10.9.17

mazumoonuge reyvumeh. މަޒުމޫނުގެ ރޭވުމެއް


މަޒުމޫނުލިޔުން: ކުރޮޅިއުކުޅުގެ ނަމޫނާ2


ތައްޔާރުކުރީ: އާދަމް ޒާހިރު.......... 11 ސެޕްޓެމްބަރ 2017 

(ނޯޓް: މިއީ މިތުރު ޑރ. އަޝްރަފް ޢަބްދުއްރަޙީމްގެ ދަޢުވަތަކަށް އެ އަޚާއަށްޓަކައި ނިންމި ރޭވުމެކެވެ. މި ކަމަށް ހޭދަވީ 15 ވަރަކަށް މިނިޓެވެ)

މިއީ 7 ޕެރެގުރާފުގެ ރޭވުމެކެވެ. މި ލިޔުމުގައި ފެށުމާއި ނިމުން ދައްކައިފައި ނުވާނެއެވެ. ނަމަވެސް ވިސްނައިލާށެވެ.
ސުރުޚީ: ރާއްޖޭގެ ތާރީޚީ ޙާދިސާތަކުން ލިބިގަންނަންވީ ޢިބުރަތްތައް
ފިިޔަވަޅު1:
ފުރަތަމަ މައި ސުވާލަށް ދިން 4 ޖަވާބު.
(.. ބޭނުންވަނީ ކޮން ގޮތަކަށް ހޭދަކުރަން؟
ފިޔަވަޅު2:
ޖަވާބުތަކުން އުފެއްދި ސުވާލުގެ ޖަވާބުތައް
(ކީއްވެ ތިޔަހެން ތިޔަބުނީ؟)
ފިޔަވަޅު 3:
ސާބިތުކުރާ ޙަވާލާއެއްފަދަ މަޢުލޫމާތެއް
(ތިޔަކަމެއް ކުރަންޖެހޭތަ؟ ކިހިނެއް އެނގުނީ؟)
ފިޔަވަޅު 4:
ނިންމުން، މެސެޖް
(ދެން އެެހެންވިއްޔާ ކިހިނެއް ހަދާނީ؟)
1.       ދިވެހިންނަކީ ޙައްޤު ގޮތް، ހެޔޮ އުސޫލު، ފައިދާ ބޮޑުގޮތް ބަލައިގަންނަ ބައެއްކަން
-       އަބަދުވެސް ޒަމާނީ ހެޔޮ ބަދަލަށް މަރުޙަބާ ކިޔާބައެއް
-       ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ހެޔޮ ގޮތް ބަލައިގަނޭ
-       ޖާހިލިއްޔަތުކަން ދޫކޮށް ޙައްޤު ގޮތް ބަލައިގަނެ އިސްލާމްވީ
-       އިސްލާމިކް އުސޫލަށް މުޅި ޤައުމު ތަބާވެ ކިޔަ
މީލާދީން 1153 ގެ ކުރީގައި ޖާހިލުކަން
ނަމަވެސް 1153ގައި އިސްލާމްވި. މުޙައްމަދު ބިން ޢަބްދުﷲ/ ދަރުމަވަންތަ ރަސްގެފާނު
އަބަދުވެސް މިފަދަ ތާރީޚީ ހާދިސާތަކުން ދިވެހިން ޢިބުރަތާއި ފިލާވަޅު ލިބިގަންނަބައެއްކަން
2.       ވަޠަނާމެދު ވިސްނާ ވެރިންނަށް އެއްބާރުލުން ނުދީފިނަމަ ވާނޭގޮތް
-       ޤައުމުގެތެރޭގައި ހަމަނުޖެހުން އުފެދޭނެ
-       ޤައުމު ބައިބައިވެ ދުޝްމިނުންނަށް ފުރުސަތުތައް ބޮޑުވާނެ
-       ޤައުމު އަޅުވެތިކަމަކަށް ދާން ބާރަކަށްވާނެ
-       ބޭރުގެ ހަތުރުންނާ ގުޅެން ޖެހި ނުރައްކަލަކަށްވާނެ
ޕޯޗުގީޒުން ރާއްޖެ ހިފިގޮތް ވިސްނަވާ
1557 ގައި ޢަލިރަސްގެފާނުންގެ ރަސްކަމުގައި ހަލަބޮލި، އެމަނިކުފާނު ޝަހީދުކޮށް ޕޯޗުގީޒުން އެރިގޮތް ވިސްނައިލާ، 1573 ބޮޑު ތަކުރުފާނު
ޤައުމު ބައިބައިވާނޭ ގޮތްތައް ކުރިމަތި ނުކޮށް، ވެރިންނަށް ބޯލަނބައި ޤައުމާއި ވަޠަން އިސްކުރަން މި ޙާދިސާ އެބަ ބުނެދޭ.
3.       އަމިއްލަ އެދުމަށްވުރެ ޖަމާޢަތުގެ މަސްލަޙަތު އިސްކުރަންޖެހޭ
-       ވެރިކަމާއި ޖާހާއި މަންސަފަށް ދަހިވެތިވުމުގެ ގެއްލުން
-       ޤައުމީ ކަންކަމުގައި ބިދޭސީން ބައިވެރިކުރުމުގެ ނުރައްކާ
-       ޤައުމަށް ޚިޔާނާތްތެރިވުމުގެ ހިތި ނަތީޖާ
-       ވަޠަނީ ކަންކަމުގައި ހިތަށް އަރާހާ ކަމެއް ކުރަން ނުވާނެ
ހޮޅިން ރާއްޖެ އެެރީ ހަސަން ތާޖުއްދީނުގެ ދެ ދަރިން ޤައުމަށް ޤައްދާރުވުމާ ގުޅިގެ ހިޖުރައިން 1166 ގައި/ ތަމަޅައިން ރާއްޖެ އެރީ ލުޠުފީއާއި ނާސިރުގެ ބަޣާވާތާގުޅިގެން 1988މ ގައި.
އަބަދުވެސް ޤައުމާއި ރައްޔިތުންނަށްޓަކައި އެންމެ މަސްލަޙަތުހުރިގޮތް އިސްކުރުން މުހިންމުކަން ބުނެދޭ މި ޙާދިސާ.
4.       ކޮންމެ ޙާލަތެއްގައިވެސް އިންސާނީ އެކުވެރިކަމާއި އޯގާތެރިކަން މުހިންމުކަން
-       ﷲގެ ކުޅަދުންވަންތަކަމާއި އެކަލާނގެ ޠޫފާންތަކުގެ ވަރުގަދަކަން
-       ދިވެހިންގެ ކެތްތެރިކަމާއި އަޚުވަންތަކަން ހާމަވި
-       އަޅައިލުމާއި އެހީތެރިވުމުގައި ލާމަސީލު ބައެއް
-       ހިތާމައިގެ ވަގުތުގައި ޒާތީ ކަންކަމާއި ނުރުހުން ދުރަށްލާ
26 ޑިސެމްބަރ 2004 ގެ ޙާދިސާއަކީ މިސާލެއް. 82 މަރު 26 ގެއްލުނު ޙާދިސާ. 15000 ގެދޮރު، 13 ރަށް އެކަށް ހުސް.
ދިވެހިންނަކީ އޯގާތެރި އަޅައިލުން ހެޔޮ ބައެެއްކަން ދައްކައިދިން މި ކަން ހާމަވީ އެންމެ ބޮޑު ޙާދިސާ.
5.       ޤާނޫނައި ޤަވައިދަަކީ އާންމު މަސްލަޙަތަށް ޓަކައި ކިޔަމަންވާންޖެހޭ ބަރެއްކަން
-       ޤަވައިދު ހަދަނީ މަސްލަޙަތަށް.
-       އަނިޔާވެރިކަމާއި އަނިޔާއިން މިންޖުވުމަށް
-       ކިޔަމަން ނުވުމުން ނުކުންނަ ހިތި ނަތީޖާ ވ. ހިތި
17 މާރޗް 2004 ގައި އެނަމާ ބޯޓު ބަންޑުންވުން، 20 މަރު. އެ ޙާދިސާގައި ކަނޑުމަތީގެ ޤަވައިދު.
މުޖުތަމަޢުގެ އަމާންކަމަށް ވިސްނައި ކޮންމެ ޤާނޫނަކާއި ޤަވައިދެއްގެ މުހިންމުކަން ބުނެދިން.  

މި ނޯޓަށް މަޒުމޫނުގެ ޕެރެގުރާފުގެ ގޮތް ގެންނައިރު ވިސްނައިލުމަށް ބައެއް ނުކުތާ:

 

1-    ދޭދޭ ޖުމުލަ ގުޅުވައިދޭ ލަފުޒު، އަކުރު ބޭނުންކުރަން ހަނދާންކުރާށެވެ.
2-    ދޭދޭ ޕެރެގުރާފުގެ ގުޅުންތަކާއި ބަދަހިކަން އުފައްދާ ކުރު ޖުމުލަ ލަފުޒު ފުނަ ލިޔަން ވިސްނާށެވެ.
3-    ތަފާތު ބާވަތްތަކުން ޖުމުލަ ފަރުމާކުރަން ޚިޔާލުބަހައްޓާށެވެ
4-    އެނގޭނަމަ އެއް އަދަބީ ބަސް، ނުވަތަ ހަރުބުނުމެއް، ނުވަތަ އެއް ބުނުން ހިމަނާށެވެ.
5-    ހަނދާންކޮށްގެން ގުޅޭ ބައިތެއް، މަޒުމޫނުގެ ފެށުމުގައި ނުވަތަ ނިމުމުގައިނަމަވެސް ބޭނުންކުރާށެވެ.
6-    ނަމަ ނަމަ އަދަބީ ލަފުޒުތަކާއި ކަން ބޮޑުކުރުންތައް ނުލިޔާށެވެ.
7-    ޕެރެގުރާފެއްގެތެރޭގައި މި އަދަބީބަސްފަދަ ބުނުމެއް ބޭނުންކުރާނަމަ ބާރުދޭ ޖުމުލަ (ފިޔަވަޅު 2 އާއި  ފިޔަވަޅު 3 ގައި ބުނެފައިވާ ވާހަކަ ނިންމުމަށްފަހު) ލިޔާށެވެ. ނޫނީ ބާރުދޭން ބުނާ ބުނުމަކަށް އެ ބަސް ލިޔާށެވެ.
8-    ރޭވުމަށް 10 މިނިޓް، ވިސްނައި އިތުރު އިސްލާޙަށް 5 މިނިޓް ލިޔުމަށް 25 މިނިޓް، އިސްލާޙަށް 10 މިނިޓް ބޭނުންކުރާށެވެ. (ފޮޅުވަތެއް 25- 32 ސިކުންތުން ލިޔެވޭނެއެވެ)
ﷲ އިރާދަކުރެއްވިއްޔާ މިއީ ފަސޭހަ މަގެއްކަމުގައިވާނޭކަމަށް އުންމީދުކުރަމެވެ. މި ލިޔުން ކިޔުއްވާ ބޭފުޅުން ކޮންމެވެސް ޚިޔާލެއް (ކޮމެންޓެއް) ކޮށްލެއްވުން އެދެމެވެ. މިތަނުގައި މިވަނީ ނަމޫނާ އެއް ރޭވުމެވެ.