މަޒުމޫނުގެ ފަހި ރޭވުން ޕެރެގުރާފަށް- އާދަމް ޒާހިރު
ސުރުޚީ: އަހަރެންގެ ޒުވާން ދައުރު އަހަރެން ހޭދަކުރަން ބޭނުންވަނީ.... 17
ސެޕްޓެމްބަރ 2017
ޕެރެގުރާފް ކުރެވެމުންދާނޭގޮތް.
|
ފިިޔަވަޅު1:
މައި ސުވާލަށް ދިން 4 ޖަވާބު.
(.. ބޭނުންވަނީ ކޮން ގޮތަކަށް
ހޭދަކުރަން؟
|
ފިޔަވަޅު2:
ޖަވާބުތަކުން އުފެއްދި ސުވާލުގެ
ޖަވާބުތައް
(ކީއްވެ ތިޔަހެން ތިޔަބުނީ؟)
|
ފިޔަވަޅު 3:
ސާބިތުކުރާ ޙަވާލާއެއްފަދަ
މަޢުލޫމާތެއް
(ތިޔަކަމެއް ކުރަންޖެހޭތަ؟
ކިހިނެއް އެނގުނީ؟)
|
ފިޔަވަޅު 4:
ނިންމުން، މެސެޖް
(ދެން އެެހެންވިއްޔާ ކިހިނެއް
ހަދާނީ؟)
|
ފެށުން
ފިޔަވަޅު 1 ގެ ނުކުތާތަކުން
|
ސުރުޚީއިން އުފައްދާ
މައިގަނޑު ޚިޔާލެއް/ ރީތި ބައިތެއް/ ނޫނީ ބުނުމެއް
|
މައިގަނޑުގެ ފުރަތަމަ ފިޔަވަޅުގެ ނުކުތާތަކުން
-
ދީންވެރިކަމަށް ސަމާލުވުން
-
މަސައްކަތްތެރިވުން
-
ޒިންމާދާރު ފިރިއަކަށް،
ބައްޕައަކަށްވުމަށް
-
ނަމޫނާ ދިވެއްސަކަށްވުން
|
(ފެށުމަށް މި ބައި ބޭނުމެއް ނުވާނެ)
|
މި ނުކުތާތަކަށް ބަލައިލަމާތޯ؟
|
މައިގަނޑު ޕެރެ 1
|
1. ދީނީ ކަންކަމަށް ސަމާލުކަންދީގެން އުޅުމަށް
|
-
މުސްލިމަކަށްވީތީ
އެެންމެ ފުރަތަމަ ވާޖިބަކީ މިއީ
-
ދިވެހި
ވެށީގައި ބަލައިގަންނަ މީހަކަށްވާނެތީ
-
ދެން ހުރި
ހުރިހާކަމަކަށް މި ޢިލްމު އެހީވާނެތީ
|
އަޅުގަނޑުމެންގެ ދީން ބާރުއަޅުއްވާ ކަންކަމުގެ
ތެެރެއިން އެންމެ އިސް އެއް ސިފައަކީ މިއީކަން ދީނީ ތަރުބިއްޔަތުފޮތުން ވެސް
އެނގޭ.
|
ވީމާ ޒުވާން ދުވަސްވަރު އެންމެ ފުރަތަމަވެސް
މުސްލިމެއްގެ ސިފައިން ޖަރީވެވޭތޯ މަސައްކަތްކުރާނަން.
|
މައިގަނޑު ޕެރެ 2
|
2. ހުނަރުވެރި މަސައްކަތްތެރިއެއްގެ ގޮތުގައި
ވޭތުކުރުމަށް
|
-
ދީނުގައި
އަމުރުކޮށްފައިވާ ކަމަކަށް ވީތީ
-
ޖަމާޢަތުގައި
ފުދުންތެރި މީހަކަށް ވެވޭނޭތީ
-
ޖަމާޢަތުގައި
ބައިވެރިއެއްގެގޮތުން އުޅެވޭނެތީ
-
ބާކީވެގެންދާ މީހުންގެތެރޭޣައި
ނުވުމަށް
|
ރާއްޖޭގެ ތަފާސްހިސާބުން އެނގޭގޮތުގައި....
ޒުވާންޖީލުގެ ގިނަ ބަޔަކަށް މަސައްކަތްތެރިކަމުގެ ހުނަރު ލިބިފައިނެތް. މިއީ
ވަޠަނީ ބިރެއްކަމުގައިވޭ
|
ފުދުންތެރި މަސައްކަތްތެރި ޒިންމާދާރު، މީހުން
ޤަބޫލުކުރާ ޝަޚްސެއްގެގޮތުގައި ވޭތޯ ބަލާނަން.
|
މައިގަނޑު ޕެރެ 3
|
3. ޒިންމާދާރު ފިރިއަކަށް، ބައްޕައަކަށްވުމަށް
|
-
ޢާއިލާއަށް
އަޅައިލާ އޯގާތެރި ފިރިއެއްކަމުގައިވާންޖެހޭނެ
-
ދަރިންނާއެކު ވަގުތު ވޭތުކޮށް، ވާޖިބު
އަދާކުރަންޖެހޭނެ
-
ޢާއިލާގެތެރޭގެ އުފަލާއި ހިތްހަމަޖެހުމަށްޓަކައި
ޒިންމާދަރުު މީހަަކަށްވާންޖެހޭނެ
|
ޙަސަން ޙަމީދުގެ ބުނުން/ ދަރުމަ 2008 ޖެނު/ ޒިންމާ
އުފުލާ ޒުވާން ޖީލު ދަނީ ގެއްލެމުން. (މިއީ ދެރަ، ނުރައްކަލެއް)
|
ޢާއިލާގެ ގުޅުމާއި ބަދަހިކަން ހޯދައި
ޒިންމާއުފުލުގައި ހުޝިޔާރު މީހަކަށްވާން މަސައްކަތްކުރާނަން.
|
މައިގަނޑު ޕެރެ 4
|
4. ނަމޫނާ ދިވެހި ދަރިއަކަށްވުމަށް
|
-
ޒުވާނުންގެ
ބޮލުގައި އެޅޭ އުނި ނަން ފިލުވަން ބޭނުންވާތީ
-
ވަފާތެރި ޒުވާން ދިވެހިދަރިން
ތިބިކަން ދައްކަން ބޭނުންވާތީ
-
އަޅުގަނޑުގެ ދަރިންނަށް
ނަމޫނާއަކަށްވާންވެސް ބޭނުންވާތީ
-
އިހުތިބި ޒުވާން ބަޠަލުން ދެއްކި
ނަމޫނާ ދިރުވަން ބޭނުން
|
ޤައުމު އެދި ގޮވަނީ އިހުތިބީން ދެއްކި ނަމޫނާގައި
ހިފައި އެފަދަ ބަޠަލުންކަމުގައި ވުމަށް އަދުގެ ޒުވާނުން ވާންޖެހޭކަމުގައި
|
ޒުވާން ދައުރު ވޭތުކުރަން ބޭނުންވަނީ މިފަދަ
ބޭނުންތެރި ގޮތެއްގައި. ހަރުދަނާ އިމެއްގައި، ހަރުދަނާ ކަންކަމުގައި
|
ނިންމުން ފިޔަވަޅު4 ގެ ނުކުރާތަކުން
|
4 ވަނަ ފިޔަވަޅުގެ ނުކުތާތަކަށް ވިސްނައި ހޮވައިލެވޭ މައި ބުނުމެއް.
{ވީމާ ކިހިނެއް ހަދަންވީގެ ޖަވާބު؟}
(އިސްވެ ދެއްކި ވާހަކަތައް ޤަބޫލުކުރާ މީހަކު ދެން އަޅަންވީ ފިޔަވަޅު
އަހައިލުމުގެ ނިންމާ މައި އަމުރެއް/ ނަސޭހަތެއްފަދަ ޙުކުމެއް)
|
4 ވަނަ ފިޔަވަޅުގެ އަމުރު (މެސެޖު) ތަކުން
- ފުރަތަމަވެސް މުސްލިމެއްގެ ގޮތް ލިބިގަންނަންވީ
- ފުދުންތެރި ޝަޚްސަކަށް ވާންވީ
- ޒިންމާދާރު ހުޝިޔާރު މީހަކަށްވާންވީ
- ހަރުދަނާ އިމެއްގައި، ހަރުދަނާ ކަންކަމުގައި
- ބާކީ ވެދާ މީހުންގެތެރޭ ނުވުމަށް ވިސްނާނަން
|
ނިންމުމުގައި ދަލީލު، ހެކި، ރެފަރެންސު ބޭނުމެއް
ނުވޭ ބަދަލުގައި ފެށުމުގައި ބައިތު ލިޔުނިއްޔާ މިތަނުގައި ބުނުމެއް. ފެށުމުގައި
ބުނުން ލިޔުނު ނަމަ މިތަނުގައި ބައިތެއް އަދަބީ ބަހެއް ލިޔެވިދާނެ.
|
-
ހަރުދަނާ
ޖުމުލަ އަމުރެއް. ނުވަތަ
-
ގޮވައިލުމެއް.
ނުވަތަ
-
އެދުމެއް.
ނުވަތަ
-
ދުޢާއެއް
(މިނޫން ގޮތްގޮތްވެސް މެސެޖަށްފަހު ލިޔެވިދާނެ)
|
varah furihama. reyvungadhah namoona mazmooneh himanaalumaky dharivarunnah libigendhaane ufaleh
ReplyDeleteކުރީގެ ރޭވުމަކަށްވެސް ނަމޫނާ ވާނެ. އަދި މި ރޭވުމަށްވެސް އޮތީ މަޒުމޫނު ލިޔެފައި. އިރާދަކުރެއްވިއްޔާ އާންމުކޮށްލާނަން. އިންތިޒާރުކުރައްވާ. މި ބަލަނީ މިރޭވުން ބަލާމީހުން 800 ހަމަވަންދެން.
ReplyDeleteވަރަށް ބޮޑަށް ޝުކުރިއްޔާ މުދައްރިސް
ReplyDelete