5.3.15

ޒަމާނީ ޓެކްނޯލޮޖީގެ ވަސީލަތް އުނގެނުމުގެ ފިލައަކަށް Kurolhi Mazumoonu Technology


ޒަމާނީ ޓެކްނޯލޮޖީގެ ވަސީލަތް އުނގެނުމުގެ ފިލައަކަށް

އާދަމް ޒާހިރު (ކުރޮޅި) 

އޮންލައިން އުނގެނުމަކީ ކޮބައިތޯއެވެ؟

އޮންލައިން އުނގެނުމަކީ ޓޭކްނޯލޮޖީގެ ވަސީލަތުން އުނގެނުމެވެ. އިންޓަނެޓް ވިއުގަތަކުގެ ފަތްފުށްތަކުގައި ޤާއިމްކުރާ ނިޒާމުގެ ކުލާސްތަކުން ލިބިގަތުމެވެ. އޮކްސްފޯޑް ޑިކްޝަނަރީގައި އައިސީޓީ މާނަކުރަނީ ރަމްޒެއްގެ ގޮތުގައެވެ. އެ ރަމްޒަކީ އިންފޮމޭޝަން އަދި ކޮމިޔުނިކޭޝަން ޓޭކްނޯލޮޖީ އެވެ. މިއީ ދަރިވަރުން ކޮމްޕިއުޓަރާއި ފޯނާއި އެފަދަ ސައިންސުގެ އިޖާދުތަކުގެ ވަސީލަތުން ކިޔެވުމަށް ބޭނުންކުރެވޭ ވަސީލަތްތަކުގެ ތަޢުލީމީ ވެއްޓެވެ. މިއީ ވަރަށް މުހިންމު ޒަމާނީ އަސާސެކެވެ. 
ބްރޮފީ (1992) ހާމަކުރާގޮތުގައި އައިސީޓީ އަކީ ކުދިން ކަންކަމަށް ހޭލުންތެރިވެ މަޢުލޫމާތު ލިބިގަންނަ ވަސީލަތެއްގެ އިންތިޒާމެކެވެ. އަދި އެއީ ޓެކްނޯލޮޖީގެ ބަދަހި ވިއުގައެވެ. އަދިވެސް އޭނާހާމަކުރާގޮތުގައި ޒަމާނަށް އަންނަ ހޭލުންތެރިކަމާއެކު ދަރިވަރުންގެ އުނގެނުމުގެ ވެށީގައި އައިސީޓީގެ ބަދަހި ވިއުގައެއް އޮންނަންޖެހޭނެއެވެ. އެހެންނޫނީ ތަޢުލީމީ ވެއްޓަކީ އަ ދަރިވަރުން ފޫހި ވެއްޓެއްކަމުގައި ބަލައިގެންފާނެއެވެ.
ހެރިއެޓް ޓީސަން (1990) ގެ ޚިޔާލުގައި ޓެކްނޯލޮޖީގެ ވަސީލަތްތަކުގެ އިމުގައި މަޢުލޫމާތު ފޯރުކޮށްދީގެން ކުދިންގެ ތަރުބިއްޔަތު ބަދަލުކުރެވޭނެއެވެ. މި އީ މުހިންމު ވަސީލަތެކެވެ. އެހެންކަމުން އަދުގެ ކުދިންގެ ތަޢުލީމުގައި އައިސީޓީގެ ބާރު ވަރަށް ބޮޑުވާނެއެވެ.  

އޮން ލައިން މެދުވެރިކޮށް ތަރުބިއްޔަތުކުރުމަކީ ކޮބައިތޯއެވެ؟

އަދުގެ ކުދިން ފޯނާއި އައިޕެޑްފަދަ ވަސީލަތްތަކުން ވަރަށް ގިނަ މުޢާމަލާތްތައް ހިންގައެވެ. މި މުޢާމަލާތްތަކުގެތެރޭގައި އެ ކުދިންގެ އިހުސާސްތައް އެކެއް އަނެކާއަށް ފޯރުވުމަށާއި ލިބިދާ ޢިލްމީ މަޢުލޫމާތެއް އަނެއް ނަފުސަކަށް ފޯރުކޮށްދިނުން ހިމެނެއެވެ. މިކަމުގެ ތެރޭގައި މި ކުރެވޭ ބަދަލުކުރުމަކީ ކުލާހެއްގައި ދަރިވަރަކާއި މުދައްރިސަކާދެމެދު ކުރެވޭފަދަ ކަމެކެވެ. އެހެންވީމާ ބްރޮފީ (1992) ބުނާގޮތުގައި މިއީ އުނގެނުމުގެ ނިޒާމެކެވެ. ދަސްކުރުމާއި ތަޖުރިބާގެ ސްކޫލެކެވެ. މިއީ އަދުގެ ޖީލަށް މުހިންމު އަދި ބޭނުންތެރި އެހީއެއްކަމުގައި މެނުވީ ނުވެއެވެ.

 ދިވެހިން އޮންލައިންކޮށް ބޭނުންކުރާ އެންމެ އާންމު ގުޅޫންތަކަކީ ކޮބައިތޯއެވެ؟

 ޤަބޫލުކުރަން އެންމެ ފަސޭހަވާނެ އެއް ޖަވާބަކީ މިއީއެވެ. އަދުގެ ހޯދުންތަކުން އެނގޭގޮތުގައި ދަރިވަރުން އަދި އާންމުން ސޯޝަލް މީޑިއާ ބޭނުންކުރުން މިއަދު ވަނީ އިންތިހާއަށް އިތުރުވެފައެވެ. އޭގެތެރެއިންވެސް އަންނަނިވި ތަރުތީބުން އެ ތަކެތި ބޭނުންކުރުން. ނުވަތަ އެ ވަސީލަތްތައް ބޭނުންކުރިން އިތިހާއަށް އިތުރުވެފައިވެއެވެ. ވީމާ މިއީ މިއަދުގެ ތަރުބިއްޔަތު މައިދާނުގައި ބޭނުންކުރެވިދާނޭ އެހީތަކެއްކަމުގައި މެނުވީ ނުވެއެވެ. އެންމެ ގިނައިން ބޭނުންކުރާ އިންޓަރނެޓް ވަސީލަތްތަކުގެ ތެރޭގައި ހިމެނެނީ:
1 -      ވައިބަރ. (ވަކި ވަކިންނާއި ގުރޫޕުކޮށް، އަދި އެ އިރެއްގައި ބޭނުންކުރެވޭ މުހިންމު ގޮތެއްގައި)
2-      ފޭސްބުކް ގުޅުން. (ވަކި ވަކިންނާއި ގުރޫޕުކޮށް، އަދި އެ އިރެއްގައި ބޭނުންކުރެވޭ މުހިންމު ގޮތެއްގައި)
3-      ޓްވިޓަރ ގެ ގުޅުން. (ވަކި ވަކިންނާއި ގުރޫޕުކޮށް، އަދި އެ އިރެއްގައި ބޭނުންކުރެވޭ މުހިންމު ގޮތެއްގައި)
4-      ގޫގުލް ވަކި ގުޅުމެއްގެތޮގުައި. (ބަރު ބޭނުންކުރުންތަކަށް މުހިންމު އިންޖީނެއް)
5-      ޑްރޮޕްބޮކްސް ގެ ވަސީލަތް. (ގިނަ ލިޔުންތަކެއް ނުފޮނުވި އުޅޭނަމަ ބޭނުންކުރެވިދާނޭ އަދި މުޢާމަލާތަށް ދަތިވާ ހިނދު އެހީއެއް)
6-      ވަކި މެއިލް ނުވަތަ ގުރޫޕް މެއިލް. (މިއީ މެއިލްގެ ވަގުތު ފާއިތުވުމުން ގެއްލިދާ މަސައްކަތެއް)
7-      ވެބް. އަމިއްލަ ވެބެއް ފަރުމާކޮށް ހިންގުން.
8-      ބްލޮގެއް ފަރުމާކޮށް ހިންގުން.

އޮންލައިން އުނގެނުމެއްގައި ލާމެހިފައިވާ ވެއްޓާމެދު ވިސްނައިލަމާ؟

ޖޯހްސަން (1998) ހާމަކުރާގޮތުގައި މިއީ ވަރަށް ފަސޭހައިން، އޮންލައިން އުނގެނުމުގެ ވެއްޓެއްގައި އުފެދޭ ތަރުބަވީ ޙަރަކާތްތަކެކެކެވެ. ވިސްނަވައިލައްވާށެވެ.
-         ދަރިވަރުން އެ ބައިމީހުންގެ އަމިއްލަ އުނގެނުމުގައި ޝާމިލްވާނެ. އަބަދުވެސް އެ ކަމެއްގައި އުޅުމަށް ބޭނުންވާނެ.
-         ދަރިވަރުން ވަކި ގުރޫޕެއްގައި މަސައްކަތްކުރާނެ. މިނިވަންކޮށް ޚިޔާލާއި ދެނެގަތުން ހޯދުމަށް މިއީ އެހީއެއް.
-         މާނަހުރި ބޭނުންތެރި ގޮތެއްގައި ޖަވާބުދާރީވުމަށް ކުދިން މި އިމުގައި ހުޅުވި އަދި ބައިވެރިވާނެ. ނަފުސަށް ހިތްވަރު ލިބޭ.
-         ޙަޤީޤީ ދުނިޔޭގެ ވެށީގައި ކުރެވިފައިވާ ތަޖުރިބާތަކާއެކު ވަކިވަކި އަޚުލާޤީ އިމެއް ގާއިމްކުރާނެ.
-         ވަޒަންކުރުމުގައި އެނގި ދަސްވާވަރު ވަގުތުން އެނގެމުންދާތީ، ނަތީޖާ ލިބިގެންދާ ގޮތް ފެނި އުފާވާނެ.
-         އުފެއްދުންތެރިވެ، އުފައްދައި އޭނާގެ އާބާދީއަށް އުފެއްދުން އާންމުކުރެވި އެކަމުގެ އުފާލިބިގެންދާނެ.
-         އޭނާގެ ކުލާހުގައި، އޭނާގެ ވެށީގައި އެ ބަލައިގަނެ އިތުރަށް ޝާމިލްކުރަން ހިތް އެދި ގޮވަން ޖައްސާނެ. 

އޮންލައިންގެ އެހީގައި އުނގެނުމަށް ބާރުއެޅުމުގެ ޙަރަކާތް މަސައްކަތްކުރާއިރު:

ގެގްނޭ، އަދި ޑެނިސްކޯލް (1988) ހާމަކުރާގޮތުގައި ދަރިވަރުންގެ ތަޢުލީމާއި ތަރުބިއްޔަތަށް ޒަމާނީ ޓެކްނޯލޮޖީ ބާރުއަޅަނީ އަންނަނިވި ކަންކަން އެ މަގުން ހުރީތީއެވެ. މިގޮތުން ފާހަގަކުރެވޭ މިކަމަށް ވިސްނައިލާށެވެ. 
-         ދަރިވަރުން މި ނިޒާމު އޮޅުންފިލުވުމާއެކު ގޮތްބެލުމަށް ފަށައިގަނޭ
-         ފޯރުކޮށްދޭ އުސޫލެއްގެ ތެރެއިން ހިސާބުގެ ވިސްނުމަށް ފުރުސަތުތަކެއް ލިބިދިނުމަކީ މުހިންމުކަމެއް.
-         މި ގުޅުމުގެ ތެރެއިން އުންމީދުކުރެވޭ އަޚްލާޤީ ބަދަލެއް ފެނިގެންދާނޭ ފުރުސަތު ލިބިދޭންޖެހޭނެ.
-         ދަރިވަރުގެ ލިބިގަތުމަށާއި އީޖާދަށް ކޮންމެވެސް ވަރެއްގެ ކުރިއެރުމެއް ލިބިގެންދިޔަކަން އިހުސާސްކުރެވޭފަދަ ފީޑްބެކެއް މުހިންމު.
-         ސަލާމަތް ވެއްޓެއްގައި ސްޓުޑެންޓް ސެންޓަރޑް ލާރނިގްއެއް މީގައި އުފެދިގެންދާނެ.
-         އަމިއްލަ ވަޒަންކުރުމުގެ ނިޒާމެއް ފޯރުކޮށްދެވޭނެ.

(ނިމުނީ)

ޙަރަކާތް1: (މި ވަގުތު އެންމެ ފަސޭހައިން ވަދެވޭ ވިއުގައެއްގައި)
ކޮންމެ ކުއްޖަކުވެސް އެ ކުއްޖަކު އެންމެ ޝައުޤުވެރިވާ 3 ކަމެއް ލިސްޓްކޮށްލާ.
މިތަނުން އެއްކަމަކީ އަސްލު ޝައުޤުހުރި ކަމަކަށްވާންވާނެ. އަދި ދެކަމެއް އެއީ ހެދިގެން ދޭ ދެ ކަމަކަށްވާންވާނެ.
ދެން ތިބި ކުދިން ބުނެބަލަ އެ ތަނުން އޭނާ އެންމެ ޝައުޤުވެރިވާ ކަމަކީ ކޮބައިކަން. މިކަންކުރާނީ ކުދި ގުރޫޕެއްގައި ވިސްނައިލައިފައި. 
ޙަރަކާތް2:
ދެން މީގެ 4 އަހަރުފަހުން ތިބާ އުންމީދުކުރާ ހައިސިއްޔަތާއި ދަތުރުކުރަން ބޭނުންވާ ލަނޑުދަނޑި ވިސްނައި ބުނެލާ.
އެހެންކުދިން  ލަފާދީ އިރުޝާދު ދީ... އެ ދަރިވަރަށް އެ ލަނޑުދަނޑި ޙާސިލުކުރުމަށް ކުރަންޖެހޭ ކަމަކީ ކޮބައިކަން.

No comments:

Post a Comment