ވޭނާރިހުން ދިން އެ ފަތިސް ގެއްލުނީއެވެ.
އާދަމް ޒާހިރު (ކުރޮޅި)
އެއްރޭ ނިކަން
ފިނި ފަތިހުގައި ރޫހެއް
ހަހަރު ބައްދަލުވިޔޭ
ހެއްވައި
ލުމަށް ފަހުގައި އެކަށް ރަފުޖީ
މަށަށް ގެއްލިއްޖެޔޭ
ވީގޮތް މަގޭ ގުޒުރާފުޅަށް މި ކިޔައިދެނީ
ފިތް ހުއްޓުމުން
ހީވީ ގޮތަށް
އެއްފަހަރު
ވެސް ހިތަކަށް ލިބުން އެދިގެން ތެދޭ
ގަސްތުން ބުނީއެ ގޮވައިލުމަށް ދެބަ ދޭތެރޭ
އިންދައި
މަގޭ
ވަސްވާހުގައި
ވީ އުފަލަކުން ވިންދަށް
ފަތިސް އަތުވެއްޖެޔޭ
ވަގުތައް ބަލައި އޮވެފައި އަޅާ ހިތް ނިޔަތުގައި
ކޮށްފައި ދުޢާ
ވަގުހެން
ގުދަށް އޮވެ ގޮސް ދޮރުން ވަދެފައި ގޮވީ ރުހިގެން ތެދޭ
ފެނުމުން ޕަރީ އޮތްގޮތް ލޮލަށް ބައްޓަން ނަލަވި ހުރިހާ ވަނާ
ގެނުވައި
ހިލަން އެކު ލޯލިތައް ޖެހުނޭ
ކޮޅަށް އާހުން އެރޭ
ކުޑަވާއިނގިލި ދިއްކޮށް ކޮށައި އެ
ޕަރީ ކޮޅަށް ތެދުކޮށް ހަދައި
ކުޑަ ހިނދުކޮޅެއް
ނުވަނީސް ޕަރީ ބަލަ ދާން ދޮށަށް އަތުވެއްޖެޔޭ
ހާކޮށް ދެފިޔަ އެދުނޭ އެކަށް އެ
ދަށަށްމެ ދާން ހަށިގަނޑު ވެޝޯޚް
ވާ ގޮތް ބަލައި
ވީ އުފަލަކުން ބައްދައިލެވުނު އެހިދަށް ތެދޭ
ހަން ހުރަހަކަށް ވިސްނުން ވެގެން މާދުރުދުރަށް އެ ޕަރީ މެ ގޮސް
ދަންވަރުތެރަށް
އޮބި
ގެއްލިދާ ހުވަފެންކަމަށް
ބަލަ ވެއްޖެޔޭ
ދުވަހަކު މަގޭ ދިރިވާހިނދަކު އެ ފަތިސް ހިލައި ނުފިލާނެޔޭ
ހުވަ ވުން
ނެތޭ ލީ ފާރުގަނޑު ރަހަވެސް ހިލައި ނުފިލާނެޔޭ
ގަސްތާ ނުލައި އައި ޖާޒުބީ އެ ރަނާ ޕަރީ އެކުގައި ފިލައި
ފަސް މުށުތެރަށް
ގޮސްގެން ފަނާ ވެވި ދިޔަގޮތެއް އަދު ނޭނގުނޭ
އެ ހިތުން ފެނުނު ވިންދެއްވިޔަސް އެ އަތުން ދެވުނު ޚިދުމަތް ވިޔަސް
އެހިއަށް
ދެލޯ އެދިގެން ބަލައި ބުނެވެން
އޮތީ ހިތް އަތުލިޔޭ
އަސްތާ މަގޭ މި ޙަޔާތުގައި އެވަރުގެ
ކަމެއް އަދިއެއް ނުވޭ
ފަސްދާނުގައި
ވެޑުވެން ވިޔަސް ފަތްފުށް ހިތުން ފިލުމެއް
ނުވޭ
ހުވަފެންތަކެއް އެތަކެއް ފެނުނު އަސަރާއި ވޭން ފަދަ ހުއްޓިދާ
ހުވަފެން
މިވަރު އަސަރެއް ހިލުނު ހަމަ ކަށަވަރޭ އަމުދުން ނެތޭ
އެކުގައި އެވީ ހަ ސިކުންތު ވެސް އާރެއް
ހިގާ ފަތިހަށް ވެގެން
މެކުހަށް
ފިކުރު ޖައްސައި ނިދުން އެކުގައި ހަރަމްކޮށްލައި
ފިޔޭ
ހުރިހާ ކަމެއް ނިމުމާއެކީ ގުޅުމަށް މަލަރު ޖެހުމާ
އެކީ
ފުރިގެން
އަސަރު ހިލި އައި ހިނދުން ޓާޓާ އެކީ ގޮތް ރޮއްވިޔޭ
ވި ޚިޔާލުތައް އެއްގޮތް ވެފައި ވި ހަޔާތުވެސް އެއް މިންވެފައި
މި
ޚިލާފުކަން އައިގޮތް ބަލައި މި
ލޮލުން ކަރުނު ހިލުވައިފިއޭ
ދެން ފަތިހަކުން ފެނުނަސް ނަޒަރު ބެލުމަށް މަށަށް ކުޅެދުން މަރައި
ފެންކަޅި
ކަމެއް މިލޮލަށް ޚަލަލު އެކުގައި
ތެދޭ ގެނުވައި ފިޔޭ
ދީނީ ފަތެއް ފިކުރަށް ފުރޮޅި ވޭނާ ތުރާ
ކުރަހައ ި ވިކައި
ވީހާ އުދާސް
ހާސް ބައްޔަކަށް އެކުގައި ހަދައި ވަކިވެއްޖެޔޭ
ލޯތްބެއް ވިޔަސް ފައި ދަށު މެލައި ފިކުރާ
ޢަޒުމް ކޮށްލީ އެ ޗިސް
ލޯތްބާ އެކީ ފޮރުވައި އެދުނު ބަހަކުން
ޖަހައި ދުއްވައި ލިޔޭ
ވީ ގޮތް މިއޭ މާ ކުރިއަކުން ލީ ހިތް ނުކެރި ގާކޮށް މިއަދު
ވީ
ދަނޑިވަޅުން ބުނެފައި ދުލުން ވީމާ
ނުކެރި ދުރުކޮށްލިއޭ
ދެން ވާގޮތެއް ނުބަލައި ހުރުން އެދިގެން
ނަފުސު އުފަލަށް އެހެން
ފެންގަޑުތެރަށް
ލައި ދޮވެ އެކަށް
ހޫރެއްކަމަށް ވެވިގެންފިއޭ
އިންސާނުނީ ފިކުރަށް އެތައް އަސަރެއް
ހިލޭ
ބައެކޭ ތެދޭ
ވިންދަށް
ބެލުން ނުބަލައި އަމުރު ނެރެލާ
ބައެއް މީ ހަމަ ތެދޭ
ޖިންނީންތެރޭ ވި ޕަރީންތަކާ ވެސް އެއްގޮތޭ ކަންކޮށްލުމަށް
ވިންދަށް
ހިލުން ގެނުވައި ފަހަށް ގޮސް ދުރު ބަލަން ތިބެލާނެޔޭ
މީވެސް ހިތެއް ވާ ނަފުސަކީން އަސަރާ ރިހުން ހިލިދާ ވަކީން
ވީ ގޮތް
އެނގިމެ ގޮވިޔަސް އަރުން
ނުމެލާ ބަލައި ބައެކޭ ކެރޭ
އަސްތާ ހިތަށް ކޮށް ފައި ވުމުން ވޭނީ
އަސަރު ގިލަނާއެކީ
ގަސްތާ ނުލައި ފީނުނު ނިދިން ވީގޮތް ހިތުން ބުނެލީމުއޭ
(ނިމުނީ)