27.4.15

ޤައުމީ ދުވަސް ބަނދި Kurolhi Ban'dhi Lhen Qaumeedhuvas

ޤައުމީ ދުވަސް

އާދަމް ޒާހިރު (ކުރޮޅި)

ފާނުތަކުރުގެ ލެއިން
ޖާނުދީ އެކު ތިން ބެއިން
ޔާރުނާ އެކު ކަނޑުމަތިން   
ހާލުދެކި ރަށު އެކުވެރިން
ވާތި ހޯދި މަތިވެރި ނަސްރު
ރާއި ދައިގައިވި ނަސްރު

ތީމުއު ރަދުންއެއީ   
ވީޅަފަތު ރަށު ޤަދަރުވީ
ވީހުސައިން ދަރި ބުއްދިވީ
ތީހިތުގެ ފުން ލޯބިވީ   
ވީއެ ތަރުބަވެތިކަމު ތެރޭ   
ވީހެޔޮއުޅުމުގެ ތެރޭ 


ސޯޅައަހަ ރުގެ އަނިޔާ   
ޕޯޗުގީ ޒުން ދިންމިތާ       
ލޯ ހުޅުވި ބޮޑު ތަކުރުމާ
ހޯދުމަށް ގޮތެއް ފެށިޔާ
ބޯކަނޑައި މެފައްސައިލާނޭ
ތޯހަވަރު ނެރެލާނޭ

   
ސަނަތުނުވައަށުއެކެއް   
ވަނަ ހިޖުރަ އަހަރުން ތެދެއް   
ބަނަ ރަބީޢުލް އައްވަލެއް
ކަނައަށްހަމަ ނުދީ ތަނެއް
ބަނަކޮށް ހަމަލާ ދިން ފަތިސް       
ގަނަ ބަލިކުރީ ފަތިސް


ޤައުމީ މަތިވެރިނަމުން   
ފައުޅުކޮށް ކީ މާފަހުން   
އައުކޮށް އަދި ހަނދުމަކުރުން
އައުކުރީ ޤައުމުގެ އަމީން
ހައުޅުންފެހި މިދުވަސް ކިޔޭ   
ޤައުމިއްޔަތު އެދި ކިޔޭ


No comments:

Post a Comment