9.10.18

ގްރޭޑް 5 ގެ6 ގެ ދިވެހި: ޢިބާރާތް ފުރިމަކުރުން Grade 5 dhviehi Ibaaraaiiykurun

ގްރޭޑް 5 އާއި 6 ގެ ދަރިވަރުންނަށް ޚާއްސަ ދިވެހި މަސައްކަތް: 01


ޢިބާރާތް ފުރިހަމަކުރުން:


މިއަށްފަހު ހުރި ލަފުޒުތައް ބޭނުންކޮށްގެން ތިރީގައި އޮތް ލިޔުން ފުރިހަމަކުރާށެވެ!.

ބުރިބުރިއަށް،   ގެއެއްގެ،   ދަގަނޑުގެ،   ވަށާފާރު،   ތަރައްޤީއެއް،   ދަރުމަވަންތަ،   ޒަމާނުގައި،   ހިރިގަލުން،   އުވައިން،    ތިންބުރި، ދިވެހިރާއްޖެއަކީ،    އުންމީދަކީ،    ގާތްގަނޑަކަށް،    ބިންތަކުގައި،     ޒަމާނީފެންވަރަށް.

ރާއްޖޭގެ އިހާއި މިހާރު ވަރަށް ތަފާތު
އާދަމް ޒާހިރު 2018 އޮކްޓޯބަރ

ދިވެހިންގެ ................... އިހުގެ ރާއްޖެއެއް ނޫނެވެ. މި ރާއްޖެ މިހާރަށް މިވަނީ ވަރަށް ތަފާތު ހެޔޮ ............... ދެކެފައެވެ. ރާއްޖޭގެ ކުރިއަށް ޖެހިލައި ވާހަކަދައްކާން މި ޖެހިލަނީ .................... މީލާދީން 1970 ގެ އަހަރުތަކަށެވެ. ފޮތްތަކުންނާއި ފޮޓޯތަކުން އެނގޭގޮތުގައި އެ ............ ރާއްޖޭގެ ވަރަށް ވަރަށް މަދު ރަށެއްގެ ހަމަ އެހާ މަދު ........... މަދު މިނެއް މެނުވީ ރާނައިފައި ނުވެއެވެ. އޭރު ގިނަ ގޭގެ ހަދައި ޢިމާރާތްކޮށްފައި ހުރީ ލަކުޑީންނާއި ދިވެހި ވަކަރުންނާއި ފަނާއި ތޮށަލިންނެވެ. އަދި ގޭގޭގެ ވަރަށް މަދު ބައެއް ..........ހަދައިފައިވެއެވެ.

ރާއްޖެ މިއަދު މިދެކޭ ރޭނުމާއި .............. ނެގުމުގެ ވާދަވެރިކަން ފެށިފައިވަނީ މީލާދީން 1980 ގެ ކުރީކޮޅުގައެވެ. 1975 ހާ ހިސާބު ބައެއް އާންމު ގޭގޭގައި މަދު މަދު ތަންތަން ހިރިގަލުންނާއި ދިވެހި ......... ރާނައިފައި ހުރިކަން ދިރާސާތަކުންއެނގެއެެވެ. ނަމަވެސް އާންމުންގެ ގޭގޭގެ ............ ރާނައި ސިމެންތި ޖަހަން ފެށީ ވަރަށް ފަހުންނެވެ. އަދި ގޭގެ މައްޗަށް ބިނާކުރަން ފެށީ މާފަހުންނެވެ. ދެ ބުރި ........... އަށް ބިނާކުުރަންފެށި ފަހުން ހައެއް ހަތަކަށް އުފުލަން ފެއްޓިއެވެ. އަދި މީލާދީން 1997 ގެފަހުން 10 ބުރިރަށް ފަށައި ............ ބާވަތްތަކުން ޢިމާރާތްކުރަންފެށިއެވެ. މިއަދު ރާއްޖެއަށް މިވަނީ ބޮޑެތި ޢިމާރާތްތައް އުސްއުސްކޮށް ބިނާކުރަން ފަށައިފައެވެ.

މިއަދު ރާއްޖޭޣައި ހުރި އެންމެ އުސް ޢިމާރާތަކީ އައިޖީއެމް ހޮސްޕިޓަލުގެ ބައެއްކަމުގައި ވި ............ ހަސްފަތާލުގެ އިމާރާތެވެ. އެ ޢިމާރާތުގައި ބޭނުންކުރެވޭ 25 ބުރި ހުރެއެވެ. މީގެކުރިން ސޯޅަބުރިއަށް އަދި ބާރަ ބުރިއަށް ޢިމާރާތްތައް ކޮށްފައިހުރެވެ. ރާއްޖޭގެ ވެލިފަސް ............ ގާ އަތުރައިފައިވަނީވެސް ވަރަށް ފަހުންނެވެ. މިއަދު ތާރުއަޅައި ................. މަގުތައް ގެނެސްފިއެވެ. މިހެންގޮސް ޓެކްނޯލޮޖީއަށް ބެއްޔަސް މިއަދު ހީވެސް ނުކުރާހާ ތަރައްޤީ ދިވެހިރާއްޖެ ދެކެފިއެވެ. ދިވެހިންގެ ........... މި ރާއްޖެއަށް އަބަދުވެސް ކުރިއެރުން މިންވަރުކުރެއްވުމެވެ. (ނިމުނީ)

6.10.18

އެޗް.އެސް.ސީ: ރިޕޯޓާއި މަޒުމޫނުލިޔުމުގައި ވިސްނަންވީ!H.S.C. Report, Mzumoonuliuyun


ރިޕޯޓާއި މަޒުމޫނުލިޔުމުގައި ވިސްނަންވީ!
އާދަމް ޒާހިރު (ކުރޮޅި)
ބައެއް ދަރިވަރުންގެ ސުވާލު:
     "މިފަހަރު ވިސްނަންވީ ކޮން ފަދަ ޚިޔާލެއް އަތުވެދާނެކަމަށްތޯ؟" މިސުވާލަށް އަޅުގަނޑު ދިން ޖަވާބަކީ: ތިޔަ ދަރިވަރުންނަށް ރިޕޯޓް ލިޔުމަށް އަދި މަޒުމޫނުލިޔުމަށްވެސް މި ފިކުރުތަކަށް ވިސްނައިލަައިގެން ތިބޭށޭ! ތިޔަ ދަރިވަރުން މި ފިކުރުތަކަށް ވިސްނައި މަޢުލޫމާތުތަކެއް އެއްކޮށްފިނަމަ އިރާދަކުރެއްވިއްޔާ ކާމިޔާބުވާނެއޭ! އެއީ؛
-         ޤައުމުގައި މިހިނދު އޮތް އިޖުތިމާޢީ މައްސަލަތައް:
o      ޒިންމާ ނުއުފުލާ މީހުން ގިނަވުން
o      ވާޖިބުތައް އަދާުކުރުމުގައި އިހުމާލްވާ މިންވަރު ގިނަވުން
o      ކޮރަޕްޝަނަށް ފަރިތަވެ ކޮންމެ ކަމެއްގައި ކޮރަޕްޝަން އިސްވެ އާންމުވުން
o      މާއްދިއްޔަތަށް އެކަނި މަސައްކަތްކުރުން
o      ޒިންމާ އުފުލުމުގައި ތެދުވެރިކަން ނެތުން
o      މަސައްކަތްތަކަށް ބީރައްޓެހި ޒުވާނުން ގިނަވުން
o      ދީނަށް ފުރައްސާރަކުރުން ގިނަވުން
o      ދީނުގެ ކަންކަމަށްވުރެ ދުނިޔަވީ ފައިދާއަށް ލޯބިޖެހުން
o      އަނެކުންގެ އަބުރާ އިއްޒަތް ނަގައިލުން
o      ނުފުދޭ މިންވަރުން ދިރިއުޅުން އިސްކުރުން
o      ބޭރު ޤައުމުތަކަށް ބަރޯސާވުން
o      ބިދޭސީންގިނަވެ ދިވެހި ދަރިން ކަންނެތްވުން
-         އިޤްތިޞާދީގޮތުން ޤައުމުގެ ޙާލަތު ދަށަށް ދިއުން:
o      ލިބޭ އާމްދަނީއަށްވުރެ ބޮޑަށް ޑިމާންޑްކުރުން
o      ޤައުމުގެ އާމްދަނީއަށް އިސްކަން ނުދިނުން
o      ޤައުމުގެ ދަނޑުވެރިކަމާއި މަސްވެރިކަން ކުރިއެރުވުމަށް އިސްކަން ނުދިނުން
o      ފަތުރުވެރިކަން ކުރިއެރުވުމުގައި ވެށި ރައްޓެހި ނިޒާމަކަށް ތަރައްޤީ ކުރުން އިސްކުރަންޖެހޭ
o      ދިވެހި ކަނޑުފަޅުން އާމްދަނީ ލިބޭނޭގޮތްތައް ހޯދައި ބޭނުންކުރަންޖެހޭ
o      ވިޔަފާރި ކުރިއަރުވަން ކުރަންޖެހިފައިހުރި ކަންކަން
-         ޤައުމީ ތަރައްޤީގައި ބައެއް ރަށްރަށަށް ހުރި ގޮންޖެހުންތައް:
o      ރަށުގެ އާބަދީ މަދުވާން ދިމާވާ ސަބަބުތައް
o      ކުދި ރަށްރަށުގައި މަދު ބަޔަކު ދިރިއުޅޭއިރު ހޭދަކުރަންޖެހޭ ޚަރަދު ބޮޑުވުން
o      ރަށުގެ ޢިލްމުވެރި ދިވެހިން އެހެން ރަށްރަށަށް ހިޖުރަކުރާތީ ލިބެ ގެއްލުން
o      ރަށު ފެންވަރުގައި ކުރަންޖެހި ނުކުރެވި ހުރި ކަންކަން
o      އިޖުތިމާޢީ ހޭލުންތެރިކަން ހޯދަންޖެހިފައިވާ ކަންކަން
o      ދިވެހި ހުނަރުވެރިންނަށް އެ ހުނަރުގެ ބޭނުންކޮށްގެން ކުރިއަށް ނުދެވުން
o      ވަޑިންނާއި ރޯނުވެށިންނާއި ކުނާވިޔުންތެރިންނާއި މަސްވެރިންނާއި އެހެން ހުނަރުވެރިންގެ ވާހަކަ
-         ރާއްޖެ މިދެކޭ ތަރައްޤީގެ ވާހަކަތައް:
o      އިމާރާތްކުރުމާއި ގެދޮރުގެ ފުދުންތެރިކަން މިހާރު ލިބޭގޮތްތައް
o      ވިޔަފާރީގެ ނިޒާމަށް އައިސްފައިވާ ބަދަލުތައް
o      ރަށްރަށް އެއްފަސްކުރުމުގައި ކުރެވޭ ފިކުރުތައް
o      އެކި އެކި ސަރަހައްދުތަކުގައި ހުޅުވޭ ކުދިކުދި އެއާޕޯޓްތަކާ ގުޅޭ ވާހަކަތައް
o      ދޭދޭރަށްރަށް ގުޅުވައިލައި ގެން ލިބޭ ދިރިއުޅުމުގެ އާ ކަންކަން
o      އީޖާދީ ފިކުރުގެ ގޮތުން ޢިލްމީ މައިދާނުގައި ހުރި އާ ފުރުސަތުތައް
o      ސިއްޙީގޮތުން ލިބޭ ކުރިއެރުންތަކާ ގުޅިގެން ރާއްޖޭގައި ހުޅުވެންޖެހޭ އާ ފުރުސަތުތައް
o      ދަތުރުފަތުރުކުރުމަށް މި އަންނަ ބަދަލުގެތެރެއިން އިތުރަށް އުނގެނެންޖެހޭ ޢިލްމު