5.10.18

ބައޮގްރަފީއެއް: ފޮއްދޫ މުގުރިރާސަންފުތު A Biography

ބައޮގްރަފީއެއް:
ފޮއްދޫ މުގުރިރާސަންފުތު
އާދަމް ޒާހިރު (ކުރޮޅި)

ނޯޓް: މިއަށްފަހު މިވަނީ 2010 ވަނަ އަހަރުގެ އެޗް.އެސް.ސީ އިމްތިޙާނުގައި ދީފައި އޮތް ނޯޓަށް ލިބެފައިވާ ބައޮގްރަފީއެކެވެ. މި ނޫން ތަރުތީބުންނާއި މި ނޫން މޭރުމުންވެސް މި ބަޔޮގްރަފީ ލިޔެވޭނޭކަން ކަށަވަރެވެ.

ލ.ފޮއްދޫ މުގުރީގޭ ހަސަންފުތަކީ މިއަދު ރާއްޖޭގެ ގިނަ ބަޔަކު ދަންނަ ދިވެހި ދަރިއެކެވެ. ޢާންމު ނަމުންނަމަ ފޮއްދޫ މުގުރިރާސަންފުތަކީ  އެގޭ ކާށިފަރީދާއި ހަމަ އެރަށު ބިލިމަގުގޭ ދޮންފާތުމާފާނާ ދެމަފިރިންނަށް ލިބުނު 5 ދަރިންކުރެ ދުނިޔޭގައި ހުރި ހަމަ އެކަނި ދަރިފުޅެވެ. އުފާވެރި ޙަޔަތެއްގައި ދިރިއުޅޭ 3 މެމްބަރުންގެ އާއިލާއެއްގެ ޒިންމަދާރު ބައްޕައެވެ. މުޅި ރާއްޖެ ސިއްސުވައިލި ދިވެހި ކަނޑުފަޅުގެ ތަޖުރިބާކާރު ފީނުންތެރިޔާއެވެ.  
ހަސަންފުތުގެ ޅަފަތުގެ ތަޢުލީމު ފޮއްދޫ ސަންދިޔަރާދީދީ ގާތުންފެށިނަމަވެސް މާލެއަށް ގޮސް ސާނަވީއާއި މަތީ ސާނަވީ ނިންމީ އީ.ޕީ.އެސް ސްކޫލުންނެވެ. މިއަށްފަހު ހޮބީއެއްކަމުގައި ދުށް "ފަރަށްފީނުން" ޢިލްމީ މަސައްކަތަކަށް ހަދައި ސިންގަޕޫރުގެ "މައި ހޯމް ދެއަރ އިންދަ ސީ" ޕްރޮރްގުރާމުގައި ކިޔަވައި 2 އަހަރު ދުވަހުގެ ޑިޕްލޮމާއެއް ނިންމައިލީ މުޅި ދުނިޔެ ސިއްސުވައިލައިފައެވެ. ކޯހުގެ އެއްވަނަ ދަރިވަރުކަމުގައިވެގެންނެވެ. މިއަދު ހަސަންފުތަކީ މުޅި ދުނިޔެ ޤަބޫލުކުރާފަދަ ފަންނުވެރި ފީނުންތެރި  ބުއްދިވެރި ފަރުވެރި ޢިލްމުވެރިއެކެވެ.
ހަސަންފުތުގެ ތަޢުލީމީ ޙަޔާތަށްފަހު ނުކުންނެވި މަސައްކަތް އޭރަށް ބަލައިފައި ވަރަށް ތަފާތެވެ. އާދައިގެ ސަފާރީ ދޯންޏެއް ހޯއްދަވައިގެން ފަރުގެ ފަތުރުވެރިކަން ފެއްޓެވީ، އެ ބޭފުޅާ ހާމަކުރެއްވި ގޮތުގައި ބައެއް އެކުވެރިން އެކަމުގެ ނާއުންމީދީ ވާހަކަތައް ކިޔައިދެމުންދަނިކޮށެވެ. ނަމަވެސް އެ ނުކުންނެވި ނުކުންނެވުން މިއަދު "ކަނޑުއަޑީގެ ރިސޯޓް" އުފަންކުޅައުމާހަމައަށްް ކާމިޔާބުކުރެއްވީ ނިޔަތް ވަރުގަދަ ޢަޒުމާއެކުގައެވެ. ކަނޑު އަޑި ބަލައިލުމުގެ ފަތުރުވެރިކަން ތަޢާރަފުކޮށް ކ.ހިންމަފުށީ ބޭރުގައި، ކަނޑުގެ ތެރޭގައި ފައްތައިފައިވާ ކުޑަ ގެއަކުން ފެއްޓެވި މަސައްކަތްވީ 2008 ވަނައަހަރު ބައިނަލްއަޤްވާމީ އިނާމެއް ލިބުމުގެ އަސްލަކަށެވެ. އެއަށްފަހު މި ވޭތުވެ ދިޔަ ދެ އަހަރުގެ ތެރޭގައި ދުނިޔޭގެ 23 ގައުމަކަށް ފަތުވެރިކަން ތަޢާރަފުކުރުމުގެ ރަސްމީ ދަތުރުތައް ކޮށްފައިވެއެވެ. އެެހެންކަމުން ދުނިޔޭގެ ފަތުރުވެރިކަމުގެ ދާއިރާތަކުގައި ހަސަންފުތު މަޝްހޫރުވެފައިވަނީ "މޯލްޑިސީމޭން"ގެ ނަމުންނެވެ.
ﷲގެ ރަޙުމަތުން މިއަދު ހަސަންފުތަކީ މުޅި ދުނިޔެ ދަންނަ ދިވެހި ދަރިއެކެވެ. ކާމިޔާބު ފަތުރުވެރިއެކެވެ. ކަނޑުއަޑީގެ ރިސޯޓެއް ހިންގާ "މޯލްޑިސީމޭން" އެވެ. އޭނާގެ އާއިލާއިން ބުނިގޮތުގައި ބަރާބަރަށް ނަމާދުކުރާ ދީންވެރި ދިވެއްެސެކެވެ. އެއާއިލާއިންއިތުރަށް ބުނިގޮތުގައި ހަސަންފުތަކީ އަޖައިބެއްފަދަ ޚިޔާލުގެ ވެރިއެކެވެ. އެހެން ބުނަން ޖެނުނީ ކީއްވެތޯ ސުވާލުކުރުމުން ޖަވާބުގައި ބުނީ "ފަތުރުވެރިއެއް. އެކަމަކު ދީނީ ޢިލްމު ބޮޑަށް އުނގެނުމަށް މިދުވަސްވަރު ދަނީ ވިލާކޮލެޖުން ހިނގާ ދީނީ ކޯހެއްގައި ކިޔަވަމުން. އެއީ އަހަރެމެން ހީވެސް ނުކުރާކަމެއް، އެކަހަލަ ކުދިން އުޅޭގޮތަށް ވިސްނައިފައި" މިހެންނެވެ.
ކޮންމެއަކަސް ހަސަންފުތަކީ ދިވެހި ދަރިއެކެވެ. ޝަރަފުވެރި ނަފުސެކެވެ. ހިންގުންތެރި އީޖާދީ ލީޑަރެކެވެ. ދުނިޔެ ދަންނަ މަޝްހޫރު ޝަޚުސެކެވެ. އުންމީދަކީ އެ ގޮތުގައި ދެމިހުރުމުގެ ތައުފީޤު މިންވަރުކުރެއްވުމެވެ. އާމީން. (ނިމުނީ)

No comments:

Post a Comment