ލޮބުވެތި އެދުރުންނަށް ސާބަސް
އާދަމް ޒާހިރު
މިއީ މުދައްރިސުންގެ
ދުވަސް 2018 ގެ މުނާސަބާގައި އުފެއްދި ބަނދިބައެއް
އައްސަރިބަސް ގިނަ
ސާބަސް
ހިތުގެ ފުނުން ހެޔޮ
ސާބަސް
ތަރުބިއްޔަތު ދަރިވަރުނަށް
ދެއްވާތީ މާތް އެދުރުން
މިއުފާވެރި ފާހަގަވާ
ދުވަހުގެހެޔޮ އެދި
ކިޔަމޭ
ދަންނަވަމޭ ހެޔޮ
ސާބަސް
ޝުކުރާއެކުގައި އެދުރުން
އަކުރާފިލި
ދަސްކޮށްދީ
ކިޔުމާ އެކު ލިޔެ
ޖެހުމާ
މާނައިގައި ހުރި
ގޮތްފޮތް
ދަސްކޮށްދިން ތީ
އެދުރުން
ﷲ އާ އި ރަސޫލާ
އިސްލާމީ މާތް
އުޅުމާ
އަންގައި ދީން
ދަސްވާހެން
ބުނެދެއްވީ ވެސް
އެދުރުން
އުޅުމާ ގުޅުމާ
އޮތްކަން
ރަހުމާ އިހުސާން
ވާކަން
އީމާ އިސްލާމް
ވިރުކުން
ބުނެ އެންގީ ހަމަ
އެދުރުން
|
މައިންނަށްވީ ދޭން
ޙައްޤާ
ބައްޕައިންނަށް
ހުރި ޙައްޤާ
ލޯތްބާ ކުލުނާ
ގުޅުވައި
ދަސްކުރުވީ ތިޔަ
އެެދުރުން
ހުނަރެއްނަމަ
ޢިލްމުންވީ
ތަޢުލީމާ
ދަނޑުފަގުވީ
ވަޠަނަށް ކުރުމަށް
ހުރިކަން
ދައްކައި ބުނެލީ
އެދުރުން
ބޭބޭ ދައްތާ
ގެގުޅުން
ކާފާ މާމާގެ ގުޅުން
އެކުވެރި އަޚުވަންތަ
ގުޅުން
ދެއްކީވެސް ވީ
އެދުރުން
ޤައުމިއްޔަތު
އޭކޯޗެއް
މިނިވަންކަން މީ
ކޯޗެއް
ވަޠަނަށް ހެޔޮ ހޭލައްވައި
ވިސްނައިދެއްވީ
އެދުރުން
އިހުވީގޮތް ތާރީޚުން
އަދު ވާގޮތް ލޮލުކުރިއިން
ވާނޭގޮތް ފަހެ
މިލެކުން
ދަނެތިބުމަށް ބުނި
އެދުރުން
|
އެދުރުންނީ
އެދުރުންނީ
ބުނެދެއްވާ ދަސް
ދެއްވާ
ގޭތެރެއިން
ބޭރުންވެސް
އެކުގައިވާ ހާ
އެދުރުން
މަންމާއީ މާތް
އެދުރެއް
ބައްޕާއީ އިސް
އެދުރެއް
އެކުުވެރިނާ ގާތް
މިތުރުން
ދަސްކޮށްދޭ މީ
އެދުރުން
ޢަމަލުން ކަންކަން
ދައްކައި
އަމުރުން
ކަންކަންކުރުވައި
އިސްކޫލުން
ޓީޗަރުނާ
ތަރުބައިގައި އޭ
އެދުރުން
ލައްވާނދޭ ހެޔޮ
ގޮތްތައް
ނިޢުމަތް މާތް
ގޮތުގައިވީ
ﷲގެ ރަޙުމަތުގައި
އެދުރުންނަށް ވީ
އެދުރުން
ޝުކުރާ ގިނަ ތަޢުރީފާ
އައްސަރިބަސް
ސާބަސްދެން
ހިތުގެ ދިރުން ފަދަ
އެދުރުން
ލޯތްބާއެކު ވީ
އެެދުރުން
|
(ނިމުނީ)
Varah furihama reethi
ReplyDeleteޝުކުރޮއްޔާ
Deletev bodah shukuriyya sir. varah furihama masakkathe.
ReplyDeleteބަލައިގެންފިން
DeleteVarah furihama ❤️
ReplyDeleteޝުކުރަން
DeleteMudharis varah furihama masaikathe. Varah reethi adhihama ehaa fashuvi fafashun shukur
ReplyDeleteއެހެންތޯ. ﷲއަށް ހަމްދިކުރަން.
Delete