ރިޕޯޓާއި މަޒުމޫނުލިޔުމުގައި ވިސްނަންވީ!
އާދަމް ޒާހިރު
(ކުރޮޅި)
ބައެއް ދަރިވަރުންގެ ސުވާލު:
"މިފަހަރު ވިސްނަންވީ ކޮން
ފަދަ ޚިޔާލެއް އަތުވެދާނެކަމަށްތޯ؟" މިސުވާލަށް އަޅުގަނޑު ދިން ޖަވާބަކީ:
ތިޔަ ދަރިވަރުންނަށް ރިޕޯޓް ލިޔުމަށް އަދި މަޒުމޫނުލިޔުމަށްވެސް މި ފިކުރުތަކަށް
ވިސްނައިލަައިގެން ތިބޭށޭ! ތިޔަ ދަރިވަރުން މި ފިކުރުތަކަށް ވިސްނައި
މަޢުލޫމާތުތަކެއް އެއްކޮށްފިނަމަ އިރާދަކުރެއްވިއްޔާ ކާމިޔާބުވާނެއޭ! އެއީ؛
-
ޤައުމުގައި މިހިނދު އޮތް އިޖުތިމާޢީ މައްސަލަތައް:
o
ޒިންމާ ނުއުފުލާ މީހުން ގިނަވުން
o
ވާޖިބުތައް އަދާުކުރުމުގައި އިހުމާލްވާ މިންވަރު ގިނަވުން
o
ކޮރަޕްޝަނަށް
ފަރިތަވެ ކޮންމެ ކަމެއްގައި ކޮރަޕްޝަން އިސްވެ އާންމުވުން
o
މާއްދިއްޔަތަށް އެކަނި މަސައްކަތްކުރުން
o
ޒިންމާ
އުފުލުމުގައި ތެދުވެރިކަން ނެތުން
o
މަސައްކަތްތަކަށް ބީރައްޓެހި ޒުވާނުން ގިނަވުން
o
ދީނަށް
ފުރައްސާރަކުރުން ގިނަވުން
o
ދީނުގެ ކަންކަމަށްވުރެ
ދުނިޔަވީ ފައިދާއަށް ލޯބިޖެހުން
o
އަނެކުންގެ އަބުރާ
އިއްޒަތް ނަގައިލުން
o
ނުފުދޭ މިންވަރުން
ދިރިއުޅުން އިސްކުރުން
o
ބޭރު ޤައުމުތަކަށް
ބަރޯސާވުން
o
ބިދޭސީންގިނަވެ ދިވެހި
ދަރިން ކަންނެތްވުން
-
އިޤްތިޞާދީގޮތުން ޤައުމުގެ ޙާލަތު ދަށަށް ދިއުން:
o
ލިބޭ އާމްދަނީއަށްވުރެ ބޮޑަށް ޑިމާންޑްކުރުން
o
ޤައުމުގެ އާމްދަނީއަށް އިސްކަން ނުދިނުން
o
ޤައުމުގެ ދަނޑުވެރިކަމާއި މަސްވެރިކަން ކުރިއެރުވުމަށް އިސްކަން ނުދިނުން
o
ފަތުރުވެރިކަން ކުރިއެރުވުމުގައި ވެށި ރައްޓެހި ނިޒާމަކަށް ތަރައްޤީ ކުރުން
އިސްކުރަންޖެހޭ
o
ދިވެހި ކަނޑުފަޅުން އާމްދަނީ ލިބޭނޭގޮތްތައް ހޯދައި ބޭނުންކުރަންޖެހޭ
o
ވިޔަފާރި ކުރިއަރުވަން ކުރަންޖެހިފައިހުރި ކަންކަން
-
ޤައުމީ ތަރައްޤީގައި ބައެއް ރަށްރަށަށް ހުރި ގޮންޖެހުންތައް:
o
ރަށުގެ އާބަދީ މަދުވާން ދިމާވާ ސަބަބުތައް
o
ކުދި ރަށްރަށުގައި މަދު ބަޔަކު ދިރިއުޅޭއިރު ހޭދަކުރަންޖެހޭ ޚަރަދު ބޮޑުވުން
o
ރަށުގެ ޢިލްމުވެރި ދިވެހިން އެހެން ރަށްރަށަށް ހިޖުރަކުރާތީ ލިބެ ގެއްލުން
o
ރަށު ފެންވަރުގައި ކުރަންޖެހި ނުކުރެވި ހުރި ކަންކަން
o
އިޖުތިމާޢީ ހޭލުންތެރިކަން ހޯދަންޖެހިފައިވާ ކަންކަން
o
ދިވެހި ހުނަރުވެރިންނަށް އެ ހުނަރުގެ ބޭނުންކޮށްގެން ކުރިއަށް ނުދެވުން
o
ވަޑިންނާއި ރޯނުވެށިންނާއި ކުނާވިޔުންތެރިންނާއި މަސްވެރިންނާއި އެހެން
ހުނަރުވެރިންގެ ވާހަކަ
-
ރާއްޖެ މިދެކޭ ތަރައްޤީގެ ވާހަކަތައް:
o
އިމާރާތްކުރުމާއި ގެދޮރުގެ ފުދުންތެރިކަން މިހާރު ލިބޭގޮތްތައް
o
ވިޔަފާރީގެ ނިޒާމަށް އައިސްފައިވާ ބަދަލުތައް
o
ރަށްރަށް އެއްފަސްކުރުމުގައި ކުރެވޭ ފިކުރުތައް
o
އެކި އެކި ސަރަހައްދުތަކުގައި ހުޅުވޭ ކުދިކުދި އެއާޕޯޓްތަކާ ގުޅޭ ވާހަކަތައް
o
ދޭދޭރަށްރަށް ގުޅުވައިލައި ގެން ލިބޭ ދިރިއުޅުމުގެ އާ ކަންކަން
o
އީޖާދީ ފިކުރުގެ ގޮތުން ޢިލްމީ މައިދާނުގައި ހުރި އާ ފުރުސަތުތައް
o
ސިއްޙީގޮތުން ލިބޭ ކުރިއެރުންތަކާ ގުޅިގެން ރާއްޖޭގައި ހުޅުވެންޖެހޭ އާ
ފުރުސަތުތައް
o
ދަތުރުފަތުރުކުރުމަށް މި އަންނަ ބަދަލުގެތެރެއިން އިތުރަށް އުނގެނެންޖެހޭ
ޢިލްމު
No comments:
Post a Comment