ރައިވަރު ޝަރަޙައެއް
އާދަމް ޒާހިރު 2018
ރައިވަރު:
ރޭތެ ބަލިތަކު ހިނގާ
ދޭހަކޮށް ދިނަކަސް ކިޔާ
މޭރުން ސަފުން ނުވަަންޏާ
ތޭނެ މަ ބު ބަލަ ބަހެއްނާނެ
ހޭކަމުދާން އޮންނާނެ
ޖުމުލަ މާނަ
ލިޔެވިދާނޭ ގޮތެއް:
ބަލިތަކުތެރޭގައި ހިނގާ (ކަމުދާ) ބޭހައި
ފަރުުވާތައް ދޭހަކޮށް ކިޔައިދިޔަސް، އަމުދުން މޭރުން ނުވާނަމަ، އަޅެ (ބަލަ) މަ
ބުނާނެ ބަހެއް ނެތެވެ. ދެން ކަމުދާން އޮންނާނެހެއްޔެވެ؟
ޝަރަޙަ ލިޔެވިދާނޭ
ގޮތެއް:
ބަލިބައްޔަށް ދޭނޭ ފަރުވާ އާއި އެކަމެއް
ހެޔޮވާނޭ ބޭސްތައް ހޯދައި ކިޔައިދިނަސް އަޑުއަހާ މީހުންނަށް ނުވިސްނޭނަމަ ދެން
ކަމުދާން އޮންނާނެހެއްޔެވެ؟ މިހެންވީމާ މަ ބުނާނެ ބަހެއް ނެތެވެ. ވިސްނަވާށެވެ.
ޖަމާޢަތެއްގައި ޖިސްމަށް ޖެހޭ ބައްޔާއި ނަފުސާނީ އުނި ކަންކަން އެެބަ ހުއްޓެވެ.
ދުނިޔަވީގޮތުންނާއި އިޖުތިމާއީގޮތުންވެސް ތުރާތަކެއް ދިމާވާނަމަ އެއީ ބައްޔެވެ.
މިހިރަ މިހިރަ ކަންކަމަށް ހުރި ފަރުވާތަކެއް ހޯދައިގެން، އަދި ދެވޭނޭ ބޭހެއް
ވިސްނައިގެން، ނުވަތަ އެ ދިމާވި ކަމަކަށް ކަމުދާނޭ އެންމެ ހެޔޮ ގޮތް މި ފިކުރުން
ނެރެގެން ކިޔައިދެމެވެ. އެކަމަކު އެ މީހުނަކަށް ނުވިސްނެއެވެ. ނޭނގެއެވެ. ނުވަތަ
ޤަބޫލެއް ނުކުރެއެވެ. ދެން އިތުރަށް ކަންކަން ގޯސްފާންފެށީމާ ރޮއިގަތަސް ބުނާނީ
ކީކޭހެއްޔެވެ؟ ޤަބޫލު ނުކޮށް ތިއްބައި ކަންކަން ގޯސްވެ ނުބައިން ނުބަޔަށް ދިޔައީމާ
މަ ބުނާނެ ބަހެއް ނެތެވެ. (ނިމުނީ)
No comments:
Post a Comment