އޮބާމާގެ ދަރިކަނބަލުން ރެސްޓޯރަންޓެއްގެ ކޭޝިއަރަކަށް
06 އޯގަސްޓް 2016 - 13:22 2 comments
އެމެރިކާގެ ރައީސް ބަރަކް އޮބާމާގެ ވެރިކަމުގެ ފަހު ދުވަސްތައް ފެށިފައި ވާއިރު އާއިލާގެ ވިސްނުން ހުރީ ވީހާވެސް އާދައިގެ އާންމު ދިރިއުޅުމަކަށެވެ. ހޫނު މޫސުމުގެ ޗުއްޓީ ތެރޭގައި އޮބާމާގެ ހަގު ދަރިކަނބަލުން ސާޝާ، ސީފުޑް ރެސްޓޯރަންޓެއްގެ ކޭޝިއަރެއްގެ ވަޒީފާ އަދާކުރައްވާކަން މީޑިއާ އަށް އެނގުމާ އެކު މިހާރު ދަނީ ތައުރީފުގެ ބަސްތައް އޮހެމުންނެވެ.
އުމުރުން 15 އަހަރުގެ ސާޝާ ސީފުޑް ޖޮއިންޓްގެ އެކި ޑިއުޓީތަކުގައި މަސައްކަތްކުރައްވާ ކަމަށާއި ރެސްޓޯރަންޓް ހުޅުވަން ވާއިރަށް އެތަނުގައި ކުރަންޖެހޭ އެހެން މަސައްކަތްތައް ވެސް ކުރައްވާ ކަމަށް އެމެރިކާގެ މީޑިއާ އިން ވަނީ ރިޕޯޓްކޮށްފަ އެވެ. ސާޝާ، ރަސްމީ ނަން ކަމަށްވާ ނަތާޝާގެ ނަމުގައި ވަޒީފާ އަދާކުރައްވަން ހުންނަވަނިކޮށް ނަގާފައިވާ ފޮޓޯތަކެއް ވެސް ވަނީ އާންމުވެފަ އެވެ. އެ ފޮޓޯތަކުން ފެންނަނީ ރެސްޓޯރަންޓުގެ ކައުންޓަރު ކައިރީ އެ ތަނުގެ ޔުނިފޯމްގައި ހުންނަވަނިކޮށެވެ.
ބޮސްޓަން ހެރަލްޑް ގައި ބުނެފައި ވަނީ ހޫނު މޫސުމުގެ ބަންދުގައި އޮބާމާ އާންމުކޮށް ވަޑައިގެން އުޅުއްވާ ވިންޔާޑްގައި ހުންނަ ސީފުޑް ރެސްޓޯރަންޓުގައި ސާޝާ އުޅުއްވާއިރު ސީކްރެޓް ސާވިސްގެ ހަ މެންބަރަކު ސަލާމަތީ ކަންކަމުގައި އުޅޭ ކަމަށެވެ. ކޭޝް ރެޖިސްޓާ ބެލެހެއްޓުމުގެ އިތުން ބައެއް ކާނާ ތައްޔާރުކުރުމާއި އެހެން ބައެއް މަސައްކަތްތައް ވެސް ސާޝާގެ ޒިންމާގެ ތެރޭގައި ހިމެނޭ ކަމަށްވެ އެވެ. އެކަމަކު ސާޝާ ކޮންމެ ދުވަހަކު މަސައްކަތް ކުރައްވަނީ ހަތަރު ގަޑިއިރުގެ ޝިފްޓެއްގަ އެވެ.
އެމެރިކާގެ ގާނޫނުތައް ބުނާ ގޮތުން ވަޒީފާއެއް އަދާކުރެވޭ ހަގު އުމުރަކީ 14 އެވެ. އެހެންވެ މިއީ ސާޝާގެ އެންމެ ފުރަތަމަ ވަޒީފާ ކަމަށް ވަނީ ބެލެވިފަ އެވެ.
ރެސްޓޯރަންޓަށް ދިޔަ ބައެއް މީހުން ބުނެފައި ވަނީ ކޭޝިއަރަކަށް ހުރި ކުއްޖަކަށް ހަ މީހަކު އެހީތެރިވަމުން ދާތީ އެކަމާ ހައިރާންވެގެން މީހުން އުޅުނު ކަމަށާއި އެއީ ރައީސްގެ ހަގު ދަރިކަނބަލުންކަން އެނގުމުން ސުވާލުތަކަށް ޖަވާބު ލިބުނު ކަމަށެވެ.
https://mihaaru.com/lifestyle/4164
No comments:
Post a Comment