އަދަބިއްޔާތުގެ ފެށުން
ލިޔެ ތައްޔާރުކުރީ: އާދަމް ޒާހިރު (ކުރޮޅި) 2015
ދުނިޔޭގެ އެއްވެސް އަދަބެއްގައި އަދަބިއްޔާތު ފެށުނީ މިވެނި އެވެނި ސަބަބަކާ
ހުރެކަމަށް ބުނެ ނިންމައިފައި ނެތެވެ. ނަމަވެސް ދުނިޔޭގެ އިރުމަތިން އަދި
ހުޅަނގުންވެސް އެމީހުންގެ އެކި އެކި ޙާދިސާތައް ފަރުމާވެ އުފެދުމުގައި މުނިފޫހި
ފިލުވަަން އަދަބީ ޚިޔާލުތައް އުފަންވެފައިވާކަމަށް ލިޔެފައިވެއެވެ. އެނގޭކަަމަަކީ
އިންސާނާގެ ޙަޔާތުގައި ދިމާވާހާކަމެއްގައި ދިމާވާހާ ކުރިމަތިލުމެއްގައި ލޯތްބާއި
ކުލުނު އެކުލެވި، ޝައުޤާއި ޖަދަލު އުފަންވުމާއެކު ބަސްމަގަށް އޭގެ އަސަރުކޮށް އެ
މަގަށް ފަރުމާކުރެވޭކަމެވެ. ދިވެހި އަދަބުގައިވެސް ހުރީ މި ގޮތެވެ. މި އަސަރެވެ.
އަދަބަކީ އިހުސާސެއްގެ ނަތީޖާއެވެ. އިންސާނާގެ ގުޅުމާއި ގުޅުންތަކުގެ
އަސަރެކެވެ. އެހެންކަމުން އިމާރާތެއް އަޅައި ވަކި ބޭނުމަކަށް އެތަނަށް ނަންކިޔައި
ހުޅުވާ ފަދައިން އައި އެއްޗެއްކަމުގައި އަދަބިއްޔާތު ނުވެއެވެ. ހުޅަނގުގެ އަދަބީ
ލިޔުންތެރިކަމުގައިވާ ޑޭވިޑް ޑެމްރޮޝް (2011ގައި ނެރުއްވި އަދަބީ ފޮތެއްގައި)
ލިޔެފައިވެއެވެ.
Every lover of literature is a bit of a polyglot, I guess. So I
collected places where you can find literature in different languages. However
- and certainly for poetry -, I often prefer a translation along the original
text. It is not always easy to find such bilingual places, so inform me please
if you find one.
އަދަބިއްޔާތު އުނގެނުމުގައި ދަރިވަރުންނަށް ކުރިމަތިވާންވީ މި އިހުސާސުގެ
ފުރުސަތެވެ. މި ފަދަ އިހުސާސްތައް ކޮށް، ފިކުރަށް ގެނެސް ޤައުމީ ދީނީ އަދި
އިޖުތިމާޢީ ދާޢިރާތަކުން އިޖާދުތައް ކުރުމުގެ ފުރުސަތެވެ. އެކްޓިވިޓީތަކުގެ
އެހީގައި، ކުލާހުގައި ކުރާ މަސައްކަތްތަކުގެ އެހީގައި މި ފުރުސަތުތައް ކުދިންނަށް
ލިބިދޭންވީއެވެ. އޭރުން އަދަބިއްޔާތު އެ ކުދިންގެ ދިރިއުޅުމާ ގުޅިގެން ދާނެއެވެ.
ޢަރަބި އަދަބުގައި އަދަބީ ލިޔުންތެރިކަމާއި އަސަރު
އުފެދުނީ ތުންތުންމަތިން ކިޔައިދެމުން ދިޔަ ވާހަކަތަކުގެ ބޭނުން ޖެހުނު ޒަމާނުގައި
ކަމުގައި ލިޔުންތެރިން ލިޔެފައިވެއެވެ. 2000 ވަނަ އަހަރު ލަންޑަންގެ ރޯގަން އެލަން
ކިޔާ މީހަކު، ޢަރަބި ބަހުގެ އަދަބިއްޔާތު ދިރާސާކުރައްވައި
ލިޔުއްވައިފައިވާގޮތުގައި ޢަރަބީންގެ ތެރޭގައި އެންމެ އެވޭލާއިރުވެސް
ތުންތުންމަތިން ވާހަކަ ކިޔުމާއި ޅެން ކިޔުން އޮވެއެވެ. ނަމަވެސް މީލާދުގެ 4 ވަނަ
ގަރުނުގެ ތެރޭގައި އަދަބީސިފަ ހެޔޮވެ ލޯބީގެ އަދަބު ކުރިއަރައި އަދި ދީނީ އަދަބީ
އުފެއްދުންތައް ލިޔެވި ކިޔައި ރައްކާކުރެވެންފެށިއެވެ. އަދި ކްލިމްނާރޓް ހާރޓް
ކިޔާ މީހަކު އެޑިޓްކޮށް ނެރެފައިވާ އަރަބި އަދަބުގެ ތާޜީޚީ ލިޔުމަކުން
އެނގޭގޮތުގައި ޢަރަބި އަދަބުވަނީ އެބައިމީހުންގެ ހަނގުރާމަތަކާޢި ދީނީ
ހޭލުންތެރިކަމުގެ މަސައްކަތުގެ ތެރެއިން ފެށި ކުރިއަރައިފައެވެ. ކޮންމެ އަކަސް
މީލާދީން 6 ވަނަ ޤަރުނުގެ ޅެމެއް ތާރީޚުގައި ލިޔެވިފައިވެއެވެ. އެއީ ފެންނަން އޮތް
އެންމެ ދުވަސްވީ ޅެންކަމުގައިވެސް ބައެއް މުއައްރިޚުންލިޔެފައިވެއެވެ. އެއީ
"އައްޝިރުޢަލް އަރަބިއްޔު" ނަމަކަށް ކިޔުނު ޅެމެއްކަމުގައިވެސް
ބުނެއުޅެއެވެ.
އިނގިރޭސީބަހަކީ މާ ދުރު ނުވިޔަސް ވަރަށް ޒަމާންވީ
ބަހެކެވެ. އެތައް މިލިޔަން ބަޔަކު ވާހަކަދައްކައި ލިޔެ އުޅޭ އަދަބީ އުފެއްދުން
ގިނަ ބަހެކެވެ. މި ޒަމާނުގެ އިނގިރޭސީބަސް މީލާދީ ސަނަތުން 1400 އަށްވުރެ
ޒަމާންވިކަމުގައިވިޔަސް އޭގެ ކުރީގައިވެސް ގްރީކްގެ އަދަބުން މި ޒަމާނުގެ އިނގިރޭސީ
އަދަބު ފެންނަކަމުގައި ރޮބަޓް ހަންޓިންޓަން 2009 ގައި ބަޔާންކޮށްފައިވެއެވެ. އަދި
2002 ގައި އޭނާ ނެރެފައިވާ "އިނގިރޭސީ އަދަބުގެ ތާރީޚު" ކިޔައިފައި އޮތް
ފޮތުގައިވެސް އިނގިރޭސީ ބަހުގެ އަދަބީ އަސަރު ދިރިގެން އައިސްފައިވަނީ
ގްރީކްގެއަދަބީ އުސްލޫބުގެތެރެއިންކަމުގައި ބަޔާންކޮށްފައިވެއެވެ.
ގީޒާ ކިލޭ 2006 ގައި ހާމަކުރާގޮތުގައި އިނގިރޭސީ އިނގިރޭސިބަސް (ބްރިޓިޝް
އިންގްލިޝް) އުފެދި މި ޒަމާނުގައި މިފެންނަ އުސޫލުން ފެނި ދިރިފައިވަނީ މީލާދުގެ17
ވަނަ ގަރުނުގެ ތެރޭގައެވެ. ނަމަވެސް ގްރީސްގައި އޮތް އަދަބީ އަސަރު މި އިނގިރޭސީން
ފެނެއެވެ. އޭނާ ހާމަކުރާގޮތުގައި މީލާދީން 450 ވަނަ އަހަރުގެތެރޭގައި ރޯމަން
އަދަބުގެ ތެރެއިން ޅެންވެރިކަން ފެށިފައިވެއެވެ. މިއަށްފަހު 1000 ގެތެރޭގައި
ވަރަށް ފުޅާކޮށް މިއަދަބު ތުންތުން މަތިން ކިއިގެން ފެތުރޭ އަދަބީ
އުފަލެއްކަމުގައިވެ ޅެންތައް ކިޔުން ގިނަވެފައިވެއެވެ.
މި ބައިމީހުން ޤަބޫލުކުރާގޮތުގައިވެސް ދުނިޔޭގެ އެހެން އަދަބުތައް ފަދައިން
އިނގިރޭސީ އަދަބުގައިވެސް އެ އަސަރު ދިރެންފެށީ ޖަމާޢަތް ޖަމާޢަތްތަކުގެ މެދުގައި
އޮތް ބައިބައިވުމުގެ ތެރެއިންނެވެ. މީހުން ރުއްސުމާއި މީހުނަށް
ވިސްނައިދިނުމުގެތެރެއިންނެވެ. އަޤީދާ އާ ކުޅެ ދީން ފެތުރުމާއި ދީނަށް
ގޮވައިލުމުގެ މަސައްކަތުގެ ތެރެއިންނެވެ. އެހެންވެ ފުރަތަމަ ހިނގައިގެންފައިވަނީ
ކްލެސިކަލް އަދަބުކަމުގައި ވީއެވެ. ރޮމެންޓިކް އަދަބު ދިރިފައިވަނީ ފަހުންނެވެ.
އިނގިރޭސީ އަދަބުގައިވެސް އިންސާނާ އުފެދި ގިނަވެ ދިޔަ ޙާދިސާތައް
ސިފަކުރުމަކީ ޅެމުންކޮށް އުޅުނު ކަމެކެވެ. އަދިވެސް ކުރާކަމެކެވެ. މިގޮތުން
"ދަ ޕެރަޑައިސް ލޮސްޓް" ގައި ހުރި ވާހަކަތަކަކީ މި ޒަމާނަށްވެސް
މުސްކުޅިވުން ނުވާ އިނގިރޭސީ އީޖާދެކެވެ. އާދަމްގެފާނާއި ޙައްވާގެފާނުންގެ
ވާހަކަތައް ޅެމުން ލިޔެ (އެބައިމީހުންގެ ވިސްނުމާއި ފިކުރު ހިމެނޭގޮތަށް) ތައްޔާރުކޮށްފައިވާ
ޢިލްމީ ޅެމެކެވެ.
މުޅި ދުނިޔޭގައިވެސް ފާރިސީ އަދަބު، ފާރިސީ ބަސް
މަޝްހޫރުވެގެންގޮސްފައިވެއެވެ. ބަސް ފެތުރި ބައިބައިވެ އުފެދި ވަކި ބަހަކަށްވިޔަސް
އެ ބަހެއްގެ އަސްލުން ފާރިސީ އަސަރު ފިލައި ނުދެއެވެ. އުރުދޫ ބަހަކީ މިފަދަ އަސަރު
ހުރި އެންމެ ފާހަގަކޮށްލެވޭ އެއް ބަހެވެ. ހިންދީގައިވެސް މިއަސަރު ނެތެކޭ ނޫނެވެ.
އުރުދޫ އަދަބާއި ހިންދީ އަދަބުގެ ފެށުންވެސްވަނީ ދީނީ
ވާހަކަތަކުންގެތެރެއިންނެވެ. އަދި އެބައިމީހުންގެ ޖަމާޢަތްތަކުގެ މެދުގައި
ހިނގައިފައިވާ ހަނގުރާމަތަކާއި ފޯކުލޯރުތަކުގެ ސިފަކުރުމުގެ ތެރެއިން އީޖާދުވި
ބަހުގެ ފަންނުވެރި ޅެމާއި ވާހަކަތަކުންނެވެ. ދީނީ އެތައް އެތައް
ހާމަކުރުންތަކެއްވެސް ރީތި ރީތި ޣަޒަލްކުގެ ގޮތުގައި ޅެމުގެ ގޮތުގައި އަދި
ކިޔުންތަކުގެ ގޮތުގައި އަސަރާއެކު ހާމަކުރަން ފެށި ފެށުމަކީ އެ ތަނުގެ އަދަބުގެ
ފެށުންކަމުގައިވެފައިވެއެވެ.
އުރުދޫ ބަހުގެ ތާރީޚު ލިޔެފައިވާ ލިޔުމެއްކަމުގައިވާ، ޢަބްދުލް އަޙަދު ސާހިބު
މީލާދީން 1920 ގައި އުރުދޫބަހުން ނެރެފައިވާ "އުރުދޫ ޒަބާންކީ ތާރީޚު"
ގައި އޮތްގޮތުން އުރުދޫ އަދަބުގެ ތާރީޚަކީ ފުންކަމުން ހޯދެން ނެތް ތަރިކައެކެވެ.
އެންމެ އެވޭލާ އިރުއްސުރެ މުޖުތަމަޢުގެ އުފަލާއި ހިތްހަމަޖެހުމަށް ތުންތުން މަތިން
ކިޔެމުން އައިސްފައިވާ އެތައް ވާހަކަތަކެއް ފަހުގެ ޒަމާންތަކުގައި
ލިޔެވިފައިވެއެވެ. އެހެންކަމުން އުރުދޫ އަދަބުގެ ފެށުމުގެ އަސްލަކީ މި
ޚިޔާލުގައިވާ އުސޫލުކަމުގައި ބެލެވެވެއެވެ.
އުރުދޫބަހުގެ ކުރިއެރުމާއި ތަރައްޤީއާބެހޭގޮތުން މުޙައްމަދު ސުހައިލް،
މީލާދީން 2012 ގައި ދިރާސާކޮށް ލިޔެފައިވާ " އޮރިޖިން އެންޑް ޑެވެލޮޕްމަންޓް
އޮފް އުރުދޫ ލެންގުއޭޖް އިންދަ ސަބް ކޮންޓިނެންޓް" ގައި ލިޔެފައިވާގޮތުން
އުރުދޫ އަދަބަކީ އަސަރުގަދަ، އަދި ވަރަށް ތަފާތު ކްލެސިކަލް ސިފަކުރުންތަކާއި ރޮމެންޓިކް
އީޖާދުތައް ހިމެނޭ އަދަބީ ބަހެކެވެ. އެ ބަސް އުފެދި ކުރިއަރައިގެން އައި
އައުމުގައި އެހެން ބަސްބަހުގެ އަދަބާއެކު އެއް ސަފެއްގައި ބައެއް އީޖާހު
ހުރިނަމަވެސް ޑްރާމާގެ އަދަބާއި ޅެންވެރިކަމުގެ އަދަބު ކުރިއަރައިގެން
އައިސްފައިވެއެވެ.
ބައެއް މުއައްރިޚުންގެ ނަޒަރުގައި އުރުދޫ އަދަބުގެ ދިރުން ވަރަށް ބާރަށް
ކުރިއަރައިގެން ގޮސްފައިވަނީ މީލާދީން 710 ގެ ތެރޭގައި އިސްލާމީ ނަޒަރިއްޔާތުގެ
އުސޫލުތަކާއި ޢަޤީދާ އޮޅުންފިލުވައިދިނުމުގެ ތެރެއިންނެވެ. އަދި ހީ ނުކުރާހާ
އުސްލޫބީ އަދި އަދަބީ އީޖާދުތައް އުފެދި ޢާންމުވެފައިވަނީ ދިއްލީގެ ބާރުވެރިކަމުގައި
ރަސްކަލުންގެ ބާރުވެރިކަމުގައި މީލާދީން 1206 އާއި 1526 އާ ދެމެދުގައިކަމަށްވެސް
ލިޔުންތަކުގައިވެއެވެ. މުޣަލް އެމްޕެރަރގެ ޒަމާންކަމުގައި ބެލެވޭ 1526 އާއި 1858
އާ ދެމެދުގައިވެސް ހީ ނުކުރާހާ ކުރިއެރުން އުރުދޫ އަދަބަށް ލިބިފައިވާކަމުގައި
ޤަބޫލުކުރެވެއެވެ.
އުރުދޫ އަދަބުގެ އެންމެ ފާހަގަކޮށްލެވެނީ ޅެންވެރިކަމެވެ. މިގޮތުން އުރުދޫ
ޣަޒަލް އަކީ އަޖައިބެއްފަދަ އަދަބެކެވެ. މި އަދަބު އިންޑިއާއާއި ޕާކިސްތާނާއި
އަފްޣާނިސްތާނުގައި ވަރަށް ވަރުގަދަ ނުފޫޒެއް ހިންގިއެވެ. އިންސާނީ ކުރިއެރުމާއި
ފިކުރުގެ ތަރައްޤީއަށް މި އަދަބުގެ ނުފޫޒު ވަރަށް ގަދައެވެ.
އުރުދޫ އަދަބުގެ އެންމެ ދުވަސްވީ ޅެމަކަށް ފެންނަން އޮތީ އާމިރް ޚުސްރޫގެ
އުފެއްދުމެކެވެ. އުރުދޫ އަދަބުގެ ބައްޕަކަމުގައި ބެލެވޭ އަދި އެ އަދަބުގެ
ޅެންވެރިކަމުގެ މައި އެދުރުކަމުގައި ބެލެވޭ އާމިރް ޚުސްރޫ ލިޔެ އެންމެ ފުރަތަމަ
މަޝްހޫރުވީ ޅެންކަމުގައި ބަލަނީ "ޒެހާލް އޭ މިސްކީން" އެވެ. ލިޔުނު ސީދާ
އަހަރު ހާމަކުރަން އެނގިފައިވާ މި ޅެން މުޅި އޭސިޔާގައި މަޝްހޫރުވެ
ހިނގައިގެންގަފައިވެއެވެ. ޣަޒަލާއި ޚަޔާލާއި ޤައްވާލީ އަދި ތަރާނާގެ އެތައް ހާސް
އީޖާދެއް، އާމިރް ޚުސްރޫ އީޖާދުކޮށް، އުރުދޫ ޅެންވެރިކަމުގައި
ފިޔަޖަހާކަމުގައިވެއެވެ. މިއީ ޤައުމާއި ފަރުދުންގެ ގުޅުން އިސްލާޙުކޮށް
ތަރައްޤީކުރުމަށް އުފެދިފައިވާ ގިނަ ޅެންތަކާއި ޚިޔާލުތަކެވެ.
އުރުދޫ އަދަބު ކުރިއަރައިގެން އައި ގޮތާ ދާދި އެއް ގޮތެއްގައި ކުރިއަރައިގެން
އައި އަދަބެއްކަމުގައި ސިހަލަ އަދަބު ބެލެވެއެވެ. ތާރީޚީ އެތައް ސިއްރަކާއެކު ފުން
ޒަމާންތަކެއް ގެ އިހަށް އުފެދުން ގޮސްފައިވާ ސިހަޅަ އަދަބީ އީޖާދު ގުޅިފައިވަނީ
ސީދާ ދީނާއެވެ. ލަންޑަންގގެ ޝެލްޑަން ޕްލޮކް ހާމަކުރާގޮތުގައި ސިންހަޅަ މުސްކުޅި
އަދަބަކީ އެބައިމީހުންގެ ދީނީ ޤަބޫލުކުރުންތަކަށް ދުޢާކޮށް ކަންކަމުގެ އެދުމުގައި
ދަންނަވާން ލިޔެ ހާމަކުރާ ކިޔުންތަކެވެ. އަދި އަޅުކަމުގެ ގޮތުގައި ހަދައިފައި ހުރި
ޅެންތަކާއި ކިޔުންތަކެވެ. ހަމަ މި މޭރުމުން ވާހަކަދައްކަމުން ޖާވީދު މަޖީދު 2005
ގައި ހާމަކޮށްފައިވާ އޭނާގެ ދިރާސާގައި (ލިޓްރަރީ ހިސްޓްރީ ދަ ކޭސް އޮފް ސައުތް
އޭސިއާ/ ލަންޑަންގައި އަދި ސްރީލަންކާގައި ޗާޕުކޮށްފައިވާ ލިޔުމުގައި)
ހާމަކޮށްފައިވެއެވެ. މީގެ އިތުރަށް ޤައުމުގެ ހަމަޖެހުމާއި ރީތި ވެށި ސިފަކުރުމާއެކު
ލޯބީގެ ޝުޢޫރުތައްވެސް ސިންހަޅަ އަދަބުގައި ފާޅުކޮށް ކުރިއަރުވައިފައިވެއެވެ.
ސިންހަޅަ އަދީބުންކުރެ މަޝްހޫރު އެއް އަދީބަކީ ގުނަދަސާ އަމަރެސޭކަރަ އެވެ.
އޭނާގެ ގިނަ ޅެންތަކެއް އުފަންކޮށްފައިވަނީވެސް އިންސާނީ ތަރައްޤީއާއި އުފަލާއި
މަޖަލަށެވެ. އަދި ދީނީ ފާޅުކުރުންތަކުގައެވެ.
ދިވެހިންނަކީވެސް
އަދަބިއްޔާތުގައި ޅަ ތާރީޚެއްގެ ބައެއް ނޫނީމުއެވެ. ލިޔެވި ފެންނަން އޮތީ މީލާދުގެ
1150 ގެ ތެރޭގައި އުފަންވި ބޮޑު ތާހީދުކަމުގައިވިޔަސް އޭގެ މާ ކުރިއަށް ދިވެހި
އަދަބު ގޮސްފައިވާކަން އެކި އެކި ފޯކުލޯރުތަކުން ހާމަވެއެވެ. ބޮޑުގޮހޮޑާ
ވާހަކައާއި ރަންނަމާރި ވާހަކައާއި ސަފަރުކައްދަ ވާހަކަ ފަދަ އެތައް ވާހަކަ ދޫދޫ
މަތިން ކިޔައި މި ހިސާބަށް ގެނައީ ދިވެހި އަދަބެވެ. ދޮން ހިޔަލައާއި އަލިފުޅު
ވާހަކައާއި ދޮން މޮހޮނުވާހަކައާއި މަހަބަދި ކަލޯ ވާހަކަފަދަ ކިތަންމެ ވާހަކަ
ދިވެހިން ދޫދޫ މަތިން ވާރުތަކުރަމުން މި ޒަމާނަށް ވާސިލުކުޅައީ ދިވެހިބަހުގެ
އަދަބީ ބާރުގައެވެ. ވީ އިރު ދިވެހި ބަހުގެ އުމުރާ އެއް ފުންކަމެއް ދިވެހި އަދަބަށް
ލިބިފައިވާނޭކަމީ ޝައްކުކުރެވޭނޭކަމެއް ނޫނެވެ.
ދިވެހިންގެ އެވޭލޭ އަދަބު
ފެށެނީ ދވެހިން ތަރުބިއްޔަތުކުރުމުންނެވެ. އެކި އެކި ނަސޭހަތް ދިނުމުގައި ބޭނުން
ކުޅައީ ޅެމާއި ވާހަކައެވެ. ރޭގަނޑު ދެ ނަމާދު ދޭތެރޭ ގެއިން ބޭރަށް ނުކުތުމާއި
މައިން ބަފައިންނަށް ޙުރުމަތްތެރިކޮށް ނުހިތުން ހުއްޓުވީ މިއަދަބިއްޔާތުންނެވެ.
ކުދިން ނިންދަވަމުން ކިޔައިދޭ ވާހަކަތަކުން ހަޑިގިއްލާގެ އުޅުން ކިޔައިދީ
ސާފުތާހިރުކުޅައެވެ. އަދިވެސް މިފަދަ ވާހަކަތަކާއި ޅެމާއިރައިވެރު ވެއެވެ.
ދިވެހި އަދީބުންކުރެ
ކުޅަދާނަ މުސްކުޅި ނަންތަކުގެ ތެރޭގައި އެދުރު ޢުމަރު މާފަތްކަލޭފާނާއި ނައިބު
ތުއްތުއާއި ހުއްއަލިދީދީ ފަދަ ބޭފުޅުން ހިމެނޭއިރު ފަންނުވެރި އެތައް ޅެމަކާއި
ރައިވަރު ވެއެވެ. ވީމާ ދިވެހިބަހުގެ ޅެންވެރިކަމާއި އަދަބީ އުފެއްދުންވެސް
އުފެދިފައިވަނީ ޒަމާންތަކެއް ކުރިންނެވެ.
ދިވެހިންގެ މުސްކުޅި
ރައިވަރާއި ޅެންތަކާއި ވާހަކަތަކުން ފެންނަނީ ދީނީ ޢަޤީދާއާ ގުޅުންހުރި
އީޖާދުތަކެވެ. އަޚުލާޤާ ގުޅުންހުރި ކިޔުންތަކެވެ. ވީމާ ދިވެހި އަދަބުގެ ފެށުންވެސް
މިވަނީ އިންސާނީ ފިކުރު ހެޔޮކުރުމުގެ ތެރެއިންކަމުގައި ޤަބޫލުކުރަންޖެހެއެވެ.
ދިވެހި
އަދަބިއްޔާތުގެކުރީ ޒަމާނުގައި އޮތީ ވާހަކަ ކިޔައިދިނުމުގެ އަދަބެވެ. މީގެ
ތެރޭގައި އީޖާދީ އެތައް ވާހަކައެއް ހިމެނެއެވެ. ދިގުދިގު ވާހަކައާއި
ކުރުވާހަކައެވެ. ކުރުކުރު ވާހަކަވެސްމެއެވެ. މި ވާހަކަތައް ކިޔައިދިނުމުގައި
ޑަބިޔާ ޖަހައި ފަރިހީގެ ޒަރީއާއިންނާއި ރައިވަރުގެ ޒަރީއާއިން މުޖުތަމަޢަށް އެތައް
އެތައް ވާހަކައެއް ފޯރުކޮށްދީފައިވެއެވެ.
ޖޯންރާގެ
ގޮތުންއަދަބިއްޔާތު:
ޖޯންރާގެ ލަފުޒީ މާނައަކީ
ބާވަތެވެ. ލިޔުންތެރިކަމުގެ ގޮތުން ކެޓަގަރައިޒްކުރެވޭ ކުރެވުމެވެ. މި ލިޔުމުގައި
އަދަބީގޮތުން ޖޯންރާ އަކީ ލިޔުންތެރިކަމާއި އަދަބީ އުސްލޫބުގެގޮތުން ތަފާތުކުރާ
ތަފާތެވެ. އަދަބީގޮތުން ބައިކުރެވޭ ކުރުމެވެ. ހުށަހަޅައިދިނުމުގެގޮތުން ކެޓަގަރައިޒްކުރެވޭކުރުމެވެ.
ޖޯންރާ ނުވަތަ ޖޭންރޭ އަކީ އަދަބީ އުކުޅު ބޭނުންކޮށްފައި ހުންނަގޮތުން،
ހުށަހަޅައިދީފައި ހުންނަގޮތުން، އެ ލިޔުމެއްގެ އުފެއްދުންތެރިކަމާއި ޚިޔާލާއި
ބިނާވެދާގޮތުން ކުރެވޭ ބައިކުރުމަކުން ވަކިކުރެވޭ ގޮތެވެ. އަދި އެ ބައިއެޅޭ
ބައިއެޅުމެވެ.
އިނގިރޭސީ ޢިލްމުވެރިން
ބަޔާންކުރާ ތަޢާރަފުގެތެރެއިން ކުރު ތަޢާރަފެއް މިވަނީއެވެ.
A literary
genre is a category of literary composition. Genres may be
determined by literary technique, tone, content, or even (as in the case
of fiction) length. The distinctions between genres and categories are
flexible and loosely defined, often with subgroups.
ލިޔުންތެރިކަމުގެ ގޮތުން ފެންނަ ބައެއް
ލިޔުންތައް ހުންނަނީ ތާރީޚީގޮތުން ކަމެއް ސިފަކޮށްފައެވެ. އަނެއް ބައި ލިޔުން
ހުންނަނީ ބަޔާންކުރުމުގެ ގޮތުން ޢިބާރާތް ފުންކޮށް ރީތިކޮށްފައެވެ. ވާހަކައިގެ
ގޮތުގައި، ޅެމުގެ ނުވަތަ ޅެމުގެ ބާވަތެއްގެގޮތުގައި، ނުވަތަ ލިޔެވޭ ބާވަތް ޤައުމީ،
ދީނީ، އިޖުތިމާޢީ، ސަމާސާ އަދި ޖޯކުގެގޮތުގައި ލިޔުން ފާހަގަވާނަމަ އެ ފާހަގައެއް
ކުރެވެނީ ޖޯންރާގެ ގޮތުންނެވެ. މިއަށް ފާޑުވެރިކަމެއް ކިއިދާނެއެވެ. ހުށަހެޅުމުގެ
ކުލަވަރާއި ރަހައިގެ ނުފޫޒުކަމުގައިވީތީ މިއީ އުސްލޫބުގެ ގޮތުން ކުރެވޭ
ބައިކުރުމެއްކަމުގައިވެސް ކިއިދާނެއެވެ. ވީމާ މި ގޮތްގޮތުން ކުރެވޭ ވަކިކުރުމަކީ
ޖޯންރާ ދެނެގަތުމެވެ.
No comments:
Post a Comment